ދުންޔާ، މިއަދު އޭސީސީ އަށް ހާޒިރު ކުރަނީ
ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް، ދުންޔާ މައުމޫން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފި އެވެ. ދުންޔާ، އެ ކޮމިޝަނަށް ހާޒިރުކުރަނީ ރާއްޖޭގެ ތާރީހުގައި މިހައިތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ހާޒިރުވާން އަންގާފައިވަނީ މިއަދު 11 ޖަހާއިރަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން […]