އޭސީސީ އަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ އަންގައިދޭ "ލިބީގެ" އިފްތިތާޙްކޮށްފި
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ކާކުކަން އެނގޭގޮތަށް އެ މައްސަލަ ހުށަހަޅާ ފަރާތްތަކަށް އޮޓޯމޭޓްޑް ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމް އެ ކޮމިޝަނުން މިއަދު ހަމަޖައްސައިފިއެވެ. އޭސީސީން މިއަދު އިފްތިތާޙްކުރި މި ނިޒާމަށް ދީފައިވާ ނަމަކީ ”ލިބީގެ” އެވެ. އޭސީސީގެ “ލިބީގެ” އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި އެ ކޮމިޝަނުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. “ލިބީގެ” އަކީ ކާކުކަން އެނގޭ ގޮތަށް ކޮމިޝަނަށް ހުށަހަޅާ މައް...