ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތައް މިއަހަރު އިތުރު: އޭސީސީ
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2019ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ކުއާޓަރުގައި އޭސީސީން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލައެވެ. އެގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ 95 މައްސަލައެއް ބަލައި ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ނިންމާފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ 10 މައްސަލައެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރއާ އަޅ...