ކަޅު ބޭންޑާއެކު ވަރުގަދަ މެސެޖެއް: އިސްރާއީލާ ދެކޮޅަށް އަޔަލެންޑުން އަނެއްކާވެސް އިހުތިޖާޖުކޮށްފި
ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގެ ކުރިން، އަޔަލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އަނެއްކާވެސް އަތުގައި ކަޅު ބޭންޑް އަޅައި، އިސްރާއީލުގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު އިސްދަށަށް ޖަހައިގެން ތިބެ އިހުތިޖާޖުކޮށްފިއެވެ. އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ކުރިން އަޔަލެންޑުގެ ކެޕްޓަން ވަނީ އިސްރާއީލުގެ ކެޕްޓަނާ ސަލާމްކުރުމަށް ވެސް ދެކޮޅު ހަދާފައެވެ. ސާބިއާގެ ބަކާ ޓޮޕޯލާގައި ކުޅުނު މި މެޗުގައި އަޔަލެންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުތް ކީޕަރު […]