Skip to main content
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
ބާރަށުގެ އުމުރުން 10 ދުވަސްވީ ކުއްޖެއްގެ ނަން ވޯޓާސް ލިސްޓްގައި އެބައޮތް: ސުޖާއު
Raajje

ބާރަށުގެ އުމުރުން 10 ދުވަސްވީ ކުއްޖެއްގެ ނަން ވޯޓާސް ލިސްޓްގައި އެބައޮތް: ސުޖާއު

ހއ. ބާރަށުގެ އުމުރުން 10 ދުވަސްވީ ކުއްޖެއްގެ ނަން ވޯޓާސް ލިސްޓްގައި އެބައޮތް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ސުޖާއު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމު ވެސް ފުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން އާއި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ޓެގް ކުރައްވައި މީސްމީޑިއާގައި ޚިޔާލު ފާޅުކުރައްވަމުންނެވެ. ސުޖާއު އިއްޔެ ވިދާޅުވެފައިވާގޮތުގައި، ބާރަށު/ތިނަދ...

47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީވާން ހުށަހަޅައިފި
Raajje

47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީވާން ހުށަހަޅައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، 47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީވާން ހުށަހަޅައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެކަމަށެވެ. އަދި ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައި ކަމަށެވެ. މީގެ ތެރެއިން، 19 ހާހަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި، އަދި […]

ރީ-ރަޖިސްޓްރޭޝަނަށް 25،000 ފޯމު ލިބިއްޖެކަމަށް ބުނުމުން ސުވާލު އުފައްދައިފި
Raajje

ރީ-ރަޖިސްޓްރޭޝަނަށް 25،000 ފޯމު ލިބިއްޖެކަމަށް ބުނުމުން ސުވާލު އުފައްދައިފި

ރީ-ރަޖިސްޓްރޭޝަނަށް 25،000 ފޯމު ލިބިއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނުމުން އިދިކޮޅުން ސުވާލު އުފައްދައިފިއެވެ. މިކަމާއި ގުޅިގެން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 25،000 ދިވެހިން ރީ-ރެޖިސްޓްރީ ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ވަށްކަމެއް ކަމަށެވެ. މީގެ އިތުރުން އެ އަދަދަށް ރީ-ރެޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އީސީގެ...

ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު މިއަދު ހަމަވާނެ
Raajje

ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު މިއަދު ހަމަވާނެ

މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ކުރިން ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ-ރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދާކޮށްދެއްވައިފިއެވެ. އެ ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވީ ހުކުރު ދުވަހުއެވެ. އަދި އެ ފުރުސަތު ބަންދުވާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ރީ-ރެޖިސްޓްރީ ކުރުމަށް ދެ ދުވަހުގެ މުއްދަތެއް […]

''ރީ-ރެޖިސްޓަރ ކުރުމަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަަން އީސީން ކަށަވަރު ކުރާނެ''
Raajje

''ރީ-ރެޖިސްޓަރ ކުރުމަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަަން އީސީން ކަށަވަރު ކުރާނެ''

ރީ-ރެޖިސްޓަރ ކުރުމަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަަން ކަށަވަރު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓަރ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސައްހަނޫން ފޯމެއް ހުށަ...

ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 408 ޒުވާނުން އިތުރުވެއްޖެ
Raajje

ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 408 ޒުވާނުން އިތުރުވެއްޖެ

ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 408 ޒުވާނުން އިތުރުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282395 މީހުންގެ އިތުރަށް، ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 408 ޒުވާނުން އިތުރު ވެފައިވާ ކަމަށެވެ. އެއީ […]

ރިޔާސި އިންތިހާބު 2023: ވޯޓު ލާ ވަގުތު އިތުރުކޮށްފި
Raajje

ރިޔާސި އިންތިހާބު 2023: ވޯޓު ލާ ވަގުތު އިތުރުކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގރ ނައިބު ރައީސް އިސްލާމިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8 ން ހަވީރު 5 ޖެހުމާއި ހަމައަށް ކަމަށެވެ. މިގޮތަށް ނިންމީ ނިމިދިޔަ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް އެހެން އިންތިހާބުތަކާއި އަޅާބަލާއިރު، މަދުވުމާއި އެކު ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މީގެ […]

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި
Raajje

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި

މި ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ ވަގުތީ ނަތީޖާގައިވާ ގޮތުން ފުރަތަމަ ބުރުގައި 101635 ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައިގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑަގެންފައިވަނީ 86161 ވޯޓެވެ. ދެން އެންމެގިނަ ވޯޓު ލިބ...

ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނާނަން: ފާރިސް
Raajje

ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނާނަން: ފާރިސް

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަަމަށް އަމިއްލަގޮތުން ވާދަކުރެއްވި، އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއިދުކޮށް ވޯޓު ދިން ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަ...

ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ކަމުގެ ޝަކުވާ ވަނީ ލިބިފައި: ހަބީބް
Raajje

ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ކަމުގެ ޝަކުވާ ވަނީ ލިބިފައި: ހަބީބް

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރުން މަނާ ގަޑީގައި ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ޒާތުގެ ކަންކަން ކުރާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ވިދާޅުވެއްޖެއެވެ. މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ ގައުމީ ބައެއް ޓީވީ ޗެނަލްތަކުން މިހާރު ވެސް މަނާ ގަޑީގައި ކެމްޕެއިން ކުރެވޭ ޒާތުގެ ކަންކަން ކުރަމުންދާ ކަން ލަފާ ދޭ ކޮމިޓީގައި […]

ރިޔާސީ އިންތިހާބު: ވޯޓުލާން ފަށާނީ މާދަމާ ހެނދުނު 8 ޖަހާއިރު
Raajje

ރިޔާސީ އިންތިހާބު: ވޯޓުލާން ފަށާނީ މާދަމާ ހެނދުނު 8 ޖަހާއިރު

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވޯޓުލާން ފަށާނީ މާދަމާ ހެނދުނު 8 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޔޫކޭ ފިޔަވައި ހުރިހައި ގައުމެއްގައި ވެސް ރާއްޖެ ގަޑިން މާދަމާ ހެނދުނު 8 ޖަހާއިރު، ވޯޓުލާން ފަށާނެ ކަމަށެވެ. އެހެންނަމަވެސް ލަންޑަނުގައި ނުވަތަ ޔޫކޭ ގައި ބަހައްޓާ ފޮށީގެ ވޯޓުލުން ފެށޭނީ ރާއްޖެ ގަޑިން މެންދުރު 12 […]

ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން: އީސީ
Raajje

ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން: އީސީ

މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބާއި ބެހޭ ލަފާދޭ ކޮމިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ރާވަމުން ގެންދާ ކަމުގެ ޝަކުވާ ކަމަށެވެ. އޭނާ […]

އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު
Raajje

އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު

މި މަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު ކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ އެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ދުވަސް ކަމަށްވާތީ އާއި އާދީއްތަަ ދުވަސް ވެގެން ދާނީ އިންތިހާބާ ގުޅުން ހުރި ކަންކަމުގައި ސަރުކާރުގެ މުވައްޒަފުންނާއި ގިނަ ރައްޔިތުންތަކެއް ބައިވެރިވާނެ ދުވަހެއް ކަމަށް ވާތީ ކަމަށެވެ. އެ ސަަބަބާއި ހުރެ އިލެކްޝަންސް ކޮމިޝަނުން ވެސް އެ ދުވަސް ސަރުކާރު ބަންދު […]

ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭކަމަށް ކަމަށްބުނެ އެކަން ބަލައިދޭން އެމްއެންޕީން އެދިއްޖެ
Raajje

ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭކަމަށް ކަމަށްބުނެ އެކަން ބަލައިދޭން އެމްއެންޕީން އެދިއްޖެ

މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ކަންކަން އަވަހަށް ބަލައިދިނުމަށް އެ ޕާޓީ އިން އެދިއްޖެއެވެ. އެ ޕާޓީ އިން މިގޮތަށް އެދިފައިވަނީ އެމްއެންޕީގެ ނައިބު ރައީސްލ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓު، ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް، އީސީ އަށް ފޮނުއްވާފައިވާ ސިޓީއެއްގައެެވެ. އެ ސިޓީގައި […]

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
Raajje

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއެކު ރަސްމީކޮށް ކެމްޕޭން ފެށުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވިގެން ގޮސްފައެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ނަންތައް ތަރުތީބުކުރަން ގުރުއަތު ނެގުމުގެ ފުރުސަތު ދިނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމުތައް ހުށަހެޅި ތަރުތީބުންނެވެ. ގުރުއަތުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުވެފައިވާ ގޮތް ކެންޑިޑޭޓް ނަންބަރު 1: އުމަރު ނަސީރު (އަމިއްލަ...