Skip to main content
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
ރިޔާސީ އިންތިޚާބު 2023: 35،849 މީހުން ރަޖިސްޓްރީވެއްޖެ
Raajje

ރިޔާސީ އިންތިޚާބު 2023: 35،849 މީހުން ރަޖިސްޓްރީވެއްޖެ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި ފުރުސަތުގައި 35،849 މީހުން ރަޖިސްޓާކޮށްފި އެވެ. އީސީން ބުނެފައިވާ ގޮތުގައި ރީ-ރަޖިސްޓަރީވާން ދިން ފުރުސަތުގައި ރީރަޖިސްޓްރީވުމަށް ހުށަހަޅާފައިވަނީ 42،867 މީހުންނެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 22،882 މީހުންނާއި ފޯމު މެދުވެރިކޮށް ހުށަހެޅި 19،985 މީހުންނެވެ.  މީގެތެރެއިން  6،736 މީހެއްގެ ފޯމު ބަލައިގެންފައެއް ނުވެ އެވެ. ރީ-...

ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅައިފި
Raajje

ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅައިފި

މިއަހަރުގެ ސެޕްޓެމްބަރތު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދގަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ކެނޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން (އީސި) އަށް ހުށަހަޅުއްވައިފިއެވެ. އޭނާގެ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. އަދި ނާޒިމްއާ އެކު ފޯމު ހުށަހަޅުއްވަން އޭނާގެ ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު ވެސް ވަނީ ވަޑައިގެންފައެވެ. ނާޒިމްގެ ކެންޑިޑެސީ ފޯމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ...

ރިޔާސީ އިންތިހާބު 2023: ރީ-ރެޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހަމަވަނީ
Raajje

ރިޔާސީ އިންތިހާބު 2023: ރީ-ރެޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހަމަވަނީ

‏ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މިއަދު ހަވީރު 5 ޖެހުމާއި ހަމައަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހަނދާންކޮށްދީފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މާދަމާ (އޮގަސްޓު 5 ވާ ހޮނިހިރު ދުވަހު) ގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެ ފުރުސަތު ދެން އިތުރު ނުކުރެވޭނެ ކަމަށެވެ. ރީ-ރަޖިސްޓްރޭޝަނަށް އިތުރު މުއްދަތު ދެވެންނެތީ އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް...

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
Raajje

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު އިއްޔެ ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިކަން ޔާމީންގެ ޤާނޫނީ...

ހަތަރު ގައުމެއްގައި ވޯޓުފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓަރީ ވެއްޖެ
Raajje

ހަތަރު ގައުމެއްގައި ވޯޓުފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓަރީ ވެއްޖެ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ބޭރުގެ ހަތަރު ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓަރީ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކުރައްވައިފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައި ވަނީ ބޭރުގެ ހަތަރު ޤައުމެއްގައި ކަމަށެވެ. އެ ޤައުމުތަކަކީ. އިންޑިއާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތް އަދި ސްރީލަންކާ އެވެ. އެ ޤައުމުތަކުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓާވެފައިވާ ކަމަށް އޭނާ ވިދާޅ...

އީސީގެ ނިންމުން ސައްހައެއް ނޫން، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޕީޕީއެމް/ޕީއެންސީ
Raajje

އީސީގެ ނިންމުން ސައްހައެއް ނޫން، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޕީޕީއެމް/ޕީއެންސީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު ނިންމި ނިންމުން ސައްހަ ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމި ސަބަބަކީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު […]

ޔާމީންގެ ކެންޑިޑެސީ، އީސީން ބަލައެއް ނުގަތް
Raajje

ޔާމީންގެ ކެންޑިޑެސީ، އީސީން ބަލައެއް ނުގަތް

މިއަހަރުގެ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް ނިންމީ އެމަނިކުފާނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިފައެވެ. ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު ހެނދުނު ހަވާލު ކުރެއްވީ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތ...

ޔާމީންގެ ކެންޑިޑެންސީ ފޯމް އީސީ އަށް ހުށަހަޅައިފި
Raajje

ޔާމީންގެ ކެންޑިޑެންސީ ފޯމް އީސީ އަށް ހުށަހަޅައިފި

އިދިކޮޅު ޕްރޮގްރސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. މިއަދު ހެނދުނު އެ ފޯމު އީސީގެ ރައީސް ފުވާދު ތައުފީގަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓް މުހައްމަދު ތޮލާލެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމު ބަލައިގަނެފައިވާ ކަމަށާއި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައިތައް ފޯމުގައި ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ހަބީބު ވިދާޅުވީ […]

އީސީގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
Raajje

އީސީގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށްޓަކައި ބޭއްވި ޖަލްސާގައި އެ ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން ވަނީ ފުވާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނ...

ރިޔާސީ އިންތިހާބު: މިހައިތަނަށް 2000 އަށް ވުރެ ގިނަ މީހުން ރީރެޖިސްޓްރީކޮށްފި
Raajje

ރިޔާސީ އިންތިހާބު: މިހައިތަނަށް 2000 އަށް ވުރެ ގިނަ މީހުން ރީރެޖިސްޓްރީކޮށްފި

މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވައިލުމުން މިހައިތަނަށް 2000 އަށްވުރެ ގިނަ މީހުން (ފޯމު) ރީރެޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް ހުޅުވައިލުމުން ފުރަތަމަ ހަތް ދުވަހު 3،400 އަށްވުރެ ގިނަ ފަރާތުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށެވެ. ރީ-ރަޖިސްޓްރީވުމަށް ފުރުސަތު މި ޖުލައި މަހުގެ 16 [...

ރިޔާސީ އިންތިހާބު: ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފި
Raajje

ރިޔާސީ އިންތިހާބު: ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފި

އިލެކްޝަންސް ކޮމިޝަނުން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ އެ ބިއުރޯ ގާއިމުކޮށްފައިވަނީ އިންތިހާބާއި ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާއި ބެހޭ މަރުކަޒުންނާއި އެ ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީތަކުގައި ގާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ވެސަް ލިބެންހުންނާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން...

20 ވަނަ މަޖިލީހަށް ހަ ގޮނޑި އިތުރުވެ، މެންބަރުންގެ އަދަދު 93 އަށް އަރައިފި
Parliament

20 ވަނަ މަޖިލީހަށް ހަ ގޮނޑި އިތުރުވެ، މެންބަރުންގެ އަދަދު 93 އަށް އަރައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއުރާތަކުގެ އަދަދު އަންނައަހަރު އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް 6 ގޮނޑި އިތުރުވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދަށް ބަދަލު ގެނައުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތިން މިއަދު ބޭއްވި އެ ކޮމިޝަނުގެ 79...

ރިޔާސީ އިންތިޚާބު 2023: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
Raajje

ރިޔާސީ އިންތިޚާބު 2023: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައި އީސީން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެ ފުރުސަތު ވަނީ 16 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 5 އޮގަސްޓު 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށައަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް […]

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްދީފި
Raajje

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްދީފި

‏ރަޖިސްޓަރީ ކުރުމަށް ހުށައަޅާފައިވާ ސިޔާސީ ޕާޓީ، “ދަ ޑިމޮކްރެޓްސް” ރަޖިސްޓްރީކޮށް، ޕާޓީއަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި ހިމަނައިފިއެވެ. އީސީން މިއަދު ވިދާޅުވީ، ‘’ދަ ޑިމޮކްރެޓްސް” ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، “ދަ ޑިމޮކްރެޓްސް” ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި، އެ ޕާޓީގެ ރަޖިސްޓަރީ މިއަދު ހަވާލުކޮށްފަވާކަމަށެވެ. ދިވެހި ރައްޔިތުން...

ރިޔާސީ އިންތިހާބުގައި ބަހައްޓާނީ 604 ވޯޓުފޮށި
Raajje

ރިޔާސީ އިންތިހާބުގައި ބަހައްޓާނީ 604 ވޯޓުފޮށި

މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ ރިޔާސީ އިންތިހާބުގައި 604 ވޯޓުފޮށި ބަހައްޓަން އިލެކްސަން ކޮމިޝަނުން ނިންމާފައިވާ ކަމުގައި އެ ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް ހަބީބް މިރޭ ކުރެއްވި ޓްވީޓްގައި ވަނީ ފޮށިތައް ބަހައްޓަން ނިންމާފައިވާ ގޮތުގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ވެސް ހިއްސާ ކުރައްވާފައެވެ. މިގޮތުން މާލޭ ރައްޔިތުން ވޯޓުލުމަށް މާލޭގައި 61 ވޯޓް ފޮށި ، އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ […]