އީސީގެ ހުށަހެޅުމަކީ ރޯދައިގެ ކުރިން މަޖިލީހުގެ އިންތިޚާބު ބޭއްވުން
އަންނަ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރައްޔިތުންގެ މަޖިލީހުގައި އެދެފިއެވެ. 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އީސީން އެދިފައިވާތީ، އެ ކޮމިޝަންގެ މެންބަރުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދެއ...