ނުކުމެ މިތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން: ނާޒިމް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ނުކުމެ ތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ އޭނާގެ ރަނިން މޭޓު އިއުލާން ކުރުމަށް މާލޭ ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ޖަލްސާގައެވެ. ރޭގެ ޖަލްސާގައި ނާޒިމް ދެއްކެވި ވާހަކާގައި ވަނީ އެމްއެންޕީގެ ޕާޓީގެ އަމާޒު ތަފާތު ކަމަށް […]