Skip to main content
Topic Archive

#އެމްއެންޕީ

197 Stories filed
މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނަން: ނާޒިމް
Raajje

މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކެމްޕެއިންގައި އެ އަތޮޅަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައްދޫ އިތުރަށް ތަރައްގީވެ، ފުޅާވެގެން ދާނީ އިތުރަށް ކަންކަން ކުރެވިގެން ކަމަށާއި ގައްދު އާއި މާވަރުލު އެއާޕޯޓް ކޯޒްވޭ […]

ކޯނީ ރިޕޯޓް މިހާރުވެސް ފެންނަން އެބައޮތް: އުޝާމް
Raajje

ކޯނީ ރިޕޯޓް މިހާރުވެސް ފެންނަން އެބައޮތް: އުޝާމް

ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކޯނީ ރިޕޯޓު، މިހާރުވެސް ފެންނަން އެބައޮތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ […]

ހަޅޭއްލެވިޔަކަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ، އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން: ނާޒިމް
Raajje

ހަޅޭއްލެވިޔަކަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ، އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން: ނާޒިމް

މަގުމައްޗަށް ނިކުމެ ހަޅޭއްލެވިޔަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަންގު ޓީވީން ކުރިއަށް ގެންދިޔަ “ރިޔާސީ ބަހުސް” ގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު، ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށެވެ. […]

ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭކަމަށް ކަމަށްބުނެ އެކަން ބަލައިދޭން އެމްއެންޕީން އެދިއްޖެ
Raajje

ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭކަމަށް ކަމަށްބުނެ އެކަން ބަލައިދޭން އެމްއެންޕީން އެދިއްޖެ

މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ކަންކަން އަވަހަށް ބަލައިދިނުމަށް އެ ޕާޓީ އިން އެދިއްޖެއެވެ. އެ ޕާޓީ އިން މިގޮތަށް އެދިފައިވަނީ އެމްއެންޕީގެ ނައިބު ރައީސްލ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓު، ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް، އީސީ އަށް ފޮނުއްވާފައިވާ ސިޓީއެއްގައެެވެ. އެ ސިޓީގައި […]

އެމްއެންޕީގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅާނަން: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އެރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވާ އެއް ކަމަކީ ފެންވަރުގެ ޕްރީސްކޫލެއް ކަމަށާއި ފޭ...

އެމްއެންޕީގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނަން: ނާޒިމް
Raajje

އެމްއެންޕީގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އައްޑޫސިޓީ ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ސިޓީގައި ވެސް ކަރަންޓާއި ފެން ބިލު ދެއްކުމަށް ދަތިި ނުވަތަ އެ ބިލުތައް ދެއްކޭނެ މާލީ ތަނަވަސްކަން ނެތް ފަރާތްތައް އެބަތިބި ކަމަށާއި އެހެންވެ، ފެން ބިލުން ވެސް ފުރަތަމަ […]

ނާޒިމް ކެމްޕޭނަށް އައްޑޫ އާއި ފުވައްމުލަކަށް
Raajje

ނާޒިމް ކެމްޕޭނަށް އައްޑޫ އާއި ފުވައްމުލަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ނާޒިމްގެ މި ދަތުރު ފައްޓާނީ މިއަދުއެވެ. އެގޮތުން މިއަދު އެންމެފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ސިޓީ އަށް ކަމަށާއި އެ ސިޓީގައި ކެންޕެއިން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. މި ޖަލްސާ އޮންނާނީ […]

އެމްއެންޕީގެ ވެރިކަމެއްގައި މާލެ ސަރަހައްދަށް ބޮޑު ބަދަލެއް
Raajje

އެމްއެންޕީގެ ވެރިކަމެއްގައި މާލެ ސަރަހައްދަށް ބޮޑު ބަދަލެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި މާލެ ސަރަހައްދަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައި އެކަމުގެ މައުލޫމާތު ހާމަކޮށްފިއެވެ. “އުޖާލާ ޒަމާން” ޖަލްސާގައި ރޭ ވަނީ އެ ޕާޓީގެ ވެރިކަމެއްގައި މާލެ ސަރަހައްދުގައި ހިންގަން ނިންމާފައިވާ ބިޔަ 16 މަޝްރޫއެއްގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ދަރުބާރުގެ ހުރި ކޮށްޓަށް ގެންނަ ބިޔަ މަޝްރޫއަކީ ކޮންވެންޝަން ޓޫރިޒަމް ޕްރޮޖެކްޓެކެވެ. މީގެ ދަށުން 25 ބުރީގެ ދެ އިމާރާތް ހަދައި، އެ ތަން ތަރައްގީކުރާއިރު، ކޮންވެންޝަން ފްލޯސް، ޝޮޕިން މޯލް، […]

ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން އަންނަ ހޮނިހިރު ދުވަހުގެ ރޭ ހާމަކުރަނީ
Raajje

ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން އަންނަ ހޮނިހިރު ދުވަހުގެ ރޭ ހާމަކުރަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން ހާމަކުރައްވާ ތާރީހު ހާމަކޮށްފިއެވެ. އެ ޕާޓީން ބުނީ ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން އަންނަ ހޮނިހިރު ދުވަހުގެ ރޭ ހާމަކުރާނެ ކަމަށެވެ. އެމްއެންޕީގެ ނައިބު ރައީސް އަދި ކެމްޕޭން މެނޭޖަރު ހުސަައިން އިސްމާއިލް ވިދާޅުވީ ނާޒިމްގެ ވެރިކަމެއްގައި މާލެ ތަރައްގީކުރާނެ ގޮތުގެ ޕްލޭންގެ […]

އިގްތިސާދީ އިންގިލާބެއް ގެނެސް، ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭނެ ގޮތް ހަދާނަން: ނާޒިމް
Raajje

އިގްތިސާދީ އިންގިލާބެއް ގެނެސް، ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭނެ ގޮތް ހަދާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖެއަށް އިގްތިސާދީ އިންގިލާބެއް ގެނެސް، ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭނެ ގޮތް ހަދާނެކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ހައްދުންމަތީ ގަމުގައި ބޭއްވި “އުޖާލާ ޒަމާން” ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ސަރަހައްދުގައި އެޑްވެންޗާ ޓޫރިޒަމް ތައާރަފުކޮށް، އޭގެ ނަފާ އެންމެންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖެއަކީ ގުދުރަތީ ގޮތުން ގ...

ނާޒިމް ދެކުނުގެ 19 ރަށަކަށް ކުރައްވާ ދަތުރު ކުރިއަށް
News

ނާޒިމް ދެކުނުގެ 19 ރަށަކަށް ކުރައްވާ ދަތުރު ކުރިއަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ދެކުނުގެ ފަސް އަތޮޅެއްގެ 19 ރަށަކަށް ކުރައްވާ ދަތުރެއް އިއްޔެ ފައްޓަވައިފިއެވެ. ނާޒިމް އިއްޔެ ފުރަތަމަ ވަޑައިގަތީ ލ. އަތޮޅު ފޮނަދޫ އަށެވެ. ފޮނަދޫ އަށް ފަހު އެ އަތޮޅުގެ މާވަށް، ކުނަހަންދޫ އަދި ގަމަށް ވަނީ ވަޑައިގެންފައެވެ. ނާޒިމް ރޭ ގަމުގައި މަޑުކުރެއްވިއިރު، ގަމުގައި ވަނީ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ. މިއަދުގެ ފުރަތަމަ މަންޒިލެއް ގޮތުގައި ނާޒިމް ވަޑައިގަތީ ލ. ދަނބިދޫ އަށެވެ. […]

މަންޑޭ، އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް އެންޑޯސްކޮށްފި
Raajje

މަންޑޭ، އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް އެންޑޯސްކޮށްފި

ދިވެހިރާއްޖޭގެ ނަންކިޔާ، ފުންނާބުއުސް ބޮޑުބެރު ޖެހުންތެރިޔާ، އިބްރާހިމް މަމްދޫޙް (މަންޑޭ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޓޭޓް މުހައްމަދު ނާޒިމް އެންޑޯރސްކޮށްފިއެވެ. މަންޑޭ، ނާޒިމް އަށް ސަޕޯޓުކުރާކަން ނުވަތަ އެންޑޯރސްކޮށްފައިވަނީ ނާޒިމް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މަންޑޭގެ އުފަން ރަށް ކަމަށްވާ ރ. ރަސްމާދޫ ގައެވެ. އެރަށުގައި އެމްއެންޕީގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ބައިވެރިވުމަށްފަހު، މިޖަލްސާގައި އޭނާއާއި އޭނާގެ ބޮޑުބެރު ގުރޫޕްގެ ފަރާތުންވަނީ...

ޕީއެންސީން ދެއްކީ ގާބިލު ކެންޑިޑޭޓެއް ނޫން: ނާޒިމް
Raajje

ޕީއެންސީން ދެއްކީ ގާބިލު ކެންޑިޑޭޓެއް ނޫން: ނާޒިމް

ލީޑަރު ދައްކާހާ މީހަކަށް ވޯޓުލާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އުޖާލާ ޒަމާން ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ފާއިތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ޕާޓީއެއްގެ ތެރޭގައި ވަަރަށްބޮޑު ހަނގުރާމައެއް ހިނގައިދިޔަ ކަމަށާއި ފެނިގެން ދިޔައީ ޕާޓީގެ ރުހުމާއި ނުރުހުމުގެ ތެރެއިން ޕާޓީގެ ޓިކެޓު ބަޔަކު ދަމައިގަތްތަން ކަމަށެވެ. މީގެ އިތުރުން ލީޑަރަކަށް […]

ނާޒިމްގެ ކެންޑިޑެސީ ފޯމް އީސީ އިން ބަލައިގެންފި
Raajje

ނާޒިމްގެ ކެންޑިޑެސީ ފޯމް އީސީ އިން ބަލައިގެންފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ކެންޑިޑަސީ ފޯމް، އިލްކްޝަންސް ކޮމިޝަން (އީސި) އިން ބަލައިގެންފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބްލް މުޙައްމަދު ނާޒިމް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކޮށްފައިވާ...

ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅައިފި
Raajje

ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅައިފި

މިއަހަރުގެ ސެޕްޓެމްބަރތު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދގަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ކެނޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން (އީސި) އަށް ހުށަހަޅުއްވައިފިއެވެ. އޭނާގެ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. އަދި ނާޒިމްއާ އެކު ފޯމު ހުށަހަޅުއްވަން އޭނާގެ ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު ވެސް ވަނީ ވަޑައިގެންފައެވެ. ނާޒިމްގެ ކެންޑިޑެސީ ފޯމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ...