"ގޮމަ" ދޯނި ދެއްވަދޫ ފަރަށް އުރިއްޖެ
“ގޮމަ” ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތަށް އުރިއްޖެއެވެ. އެ ދޯންޏަކީ ފަސް މީހުންނާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯންޏަކީ އދ. ފެންފުށީ ދޯންޏެކެވެ. އެމްއެންޑީއެފުން ވިދާޅުވީ، “ގޮމަ” ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި، ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތަށް އުރުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓް ގާޑު ސްކޮޑްރަން ހަރަކާތްތެރި ވަމުން ދާކަމަށެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު […]