ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފި
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފިއެވެ. މިމަހު 13 ން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނައީ އެވެ. މިރަސްމިއްޔާތުގައި މިސް ކެއިކޯ ޔަނައީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޗީ...