މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް
މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ ފަޅުވެރިއެއްގެ އަތް ފިހިއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގދ. މަޑަވެލި ބޭރުން ބޮއި ކައިރީ މަސްވެރިކަން ކުރަމުން ދިޔަ “ކުރިމަގު” ދޯނީގަ އަލިފާނުގެ ހާދިސާއެއް ހިނގާފަ ވާކަމަށެވެ. އެ ހާދިސާގައި އެ ދޯނީގެ ފަޅުވެރިންގެ ތެރެއިން އުމުރުން 53 އަހަރުގެ މީހެއްގެ އަތް ފިހި، އޭނާގެ ހާލު ދެރަވުމުން އެމްއެންޑީއެފް ކޯސްޓު ގާޑްގެ އެހީތެރިކަމާއެކު މިއަދު މެންދުރު ފަހު 13:16 ހާއިރު އޭނާ ވަނީ ގދ. ތިނަދޫއަށް ގެންގޮސް […]