މަސް ދޯންޏެއްގެ ފަޅުވެރިއެއްގެ ހާލުދެރަވެގެން، ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
މަސްވެރިކަމަށް ނުކުމެއުޅުނު މަސް ދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު “އަލިރާސްތާ-1” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި ފަޅުވެރިއަކަށް ކަމަށެވެ. އަދި އެއީ އުމުރުން 34 އަހަރުގެ މީހެއް ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މާލޭގެ އިރުން 66 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިޔާގެ ހާލު ދ...