Skip to main content
Topic Archive

#އެމްއެންޑީއެފް

527 Stories filed
އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 10 އަކަށް، 31 މީހަކު ވަގުތީ ހިޔާތަކަށް
Raajje

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 10 އަކަށް، 31 މީހަކު ވަގުތީ ހިޔާތަކަށް

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އެހާދިސާއާއި ގުޅިގެން މިހާތަނަށް 31 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އެއީ 13 ދިވެހީންނާއި 18 ބިދޭސީންނެވެ. ރޭ ދަންވަރު 12:27 ހާއިރު މި ހާދިސާ ހިނގާފައިވަނީ މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގަ އެވެ. މި […]

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 9 އަށް އަރައިފި
Raajje

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 9 އަށް އަރައިފި

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި ނިޔާވި މީހުންގެ ޢަދަދު 9 އަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ނިޔާވެފައިވާ އިތުރު މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ”ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ދާދި ދެންމެއަކު ވަނީ ފެނިފައި، މިހާރު ނިޔާވި މީހުންގެ އަދަދަކީ 9” އެމްއެންޑީއެފުން ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ރޭގެ ހާދިސާގައި މިހާތަނަށް 9 މީހަކު ނިޔާވެފައިވާ ކަމަށް ވިދާޅުވެފައިއެވެ. ރޭގައި އަލިފާން ރޯވީ މާލޭ މާފަންނު، ނިރުފެހި […]

އަލިފާނުގެ ހާދިސާ: 8 މީހަކު ނިޔާވެއްޖެ
Raajje

އަލިފާނުގެ ހާދިސާ: 8 މީހަކު ނިޔާވެއްޖެ

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި 8 މީހަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އެއަށްފަހު ސިފައިން ވަނީ އަލިފާނުގެ ހާދިސާ ހިނގި ތަނަށް ވަދެފައެވެ. ”އެ ގޭގައި ދިރިއުޅޭ މީހުންގެ ފަރާތުން އިނގިފައި ވަނީ 9 މީހުން މަދުކަމަށް، މިހާތަނަށް 9 މީހުން ފެނުނު އިރު 8 މީހުން ވަނީ ނިޔާވެފައި، އެކަކު […]

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލައިފި
Raajje

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލައިފި

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ ރޯވި އަލިފާން އެއްކޮށް ނިއްވާލައިފިއެވެ. މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގެއެއްގައި ހުރި ގަރާޖެއްގައި އަލިފާން ރޯވީ ރޭ 12:27 ހާއިރުއެވެ. އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. މިހާދިސާގައި ބަޔަކު ނިޔާވެފައިވާ ކަމަށް ޚަބަރު ފެތުރިފައިވާއިރު، އެކަމާބެހޭ ތަފްސީލް އަދި ކަމާބެހޭ އިދާރާތަކުން ސާފުކޮށެއް ނުދެއްވައެވެ. ”މި...

މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެއްޖެ
Raajje

މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ، މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް މިރޭ 12:27 ހާއިރު ލިބިފައިވާ ކަމަށެވެ. ”އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން” މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަ ވެއެވެ. މި ހާދިސާއާއި ގުޅިގެން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި އެމްއެ...

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ކުޅުދުއްފުށި ސިޓީގައި ޕެރޭޑު ބާއްވައި ހަވާއަރުވައިފި
Raajje

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ކުޅުދުއްފުށި ސިޓީގައި ޕެރޭޑު ބާއްވައި ހަވާއަރުވައިފި

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހދ. ކުޅުދުއްފުށީގައި ޕެރޭޑް ބާއްވާ ހަވާއަރުވައިފި އެވެ. ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް، ހދ.ކުޅުދުއްފުށީގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު އެރަށުގެ ބޮޑު މަގުގަ އެވެ. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފްގެ [...

ނަސްރުގެ ދުވަސް: ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
Raajje

ނަސްރުގެ ދުވަސް: ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބާގައި މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކުރީ އިސްލާމީ މަރުކަޒުގަ އެވެ. މި ޖަމާޢަތުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެފައި ވެއެވެ. ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މާލޭގެ އިތުރުން އެމް.އެން.ޑީ.އެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ވެސް ދިދަނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައިވާއިރު، މާލޭގައި ނަސްރުގެ ދުވަހުގެ ދިދައާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނޮވ...

ސިފްކޯހިޔާ ލިބުނު ފަރާތްތަކަށް، މޮކަޕް ރޫމް ބަލައިލުމުގެ ފުރުޞަތު
Raajje

ސިފްކޯހިޔާ ލިބުނު ފަރާތްތަކަށް، މޮކަޕް ރޫމް ބަލައިލުމުގެ ފުރުޞަތު

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯހިޔާގެ ފްލެޓްގައި މިހާރު ތައްޔާރުކުރެވިފައިވާ “މޮކަޕް ރޫމް” ބައްލަވާލެއްވުމަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިކަމާ ގުޅިގެން ސިފްކޯއިން މިއަދު ނެރެފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ ސިފްކޯހިޔާ ލިބިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، މޮކަޕް ރޫމް ބައްލަވާލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ސިފްކޯއިން ނެރެފައިވާ އިޢުލާނުގައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނަން ނޯޓް ކުރެއްވުމަށެވެ. މޮކަޕް ރޫމ...

ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް
Raajje

ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް

ހެންވޭރުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހ. މިރާޒު ނަމަކަށް ކިޔާ ގޭގައި ކަމަށެވެ. އެ ސަރަހައްދުގައި އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ޓީމު ހަރަކާތްތެރިވަމުން އަންނަކަަމަށް ވިދާޅުވި އެވެ. މި ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ވަރަކުން މީޑިއާ އާ ހިއްސާ ކުރައްވާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފަ އެވެ. އެ ސަރަހައްދުގައި […]

ދިއްދޫ ރައްޔިތުންނަށް އެމްއެންޑީއެފް އިން ހިންގި ކޮމިޔުނިޓީ ވޮލަންޓިޔާ ފަޔާ ފައިޓިން ޕްރޮގްރާމް ނިންމާލައިފި
Raajje

ދިއްދޫ ރައްޔިތުންނަށް އެމްއެންޑީއެފް އިން ހިންގި ކޮމިޔުނިޓީ ވޮލަންޓިޔާ ފަޔާ ފައިޓިން ޕްރޮގްރާމް ނިންމާލައިފި

ހއ. ދިއްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑުން ހިންގި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮކްޓޫބަރު 12 ވަނަ ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް...

މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު ފެނުނީ ބަނގުރާ ކައްކާ ސާމާނު
Raajje

މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު ފެނުނީ ބަނގުރާ ކައްކާ ސާމާނު

މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު ބަނގުރާ ކައްކާ ސާމާނު ފެނިއްޖެ އެވެ. ފުލުހުން ދާދި ދެންމެ ވިދާޅުވީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:12 ހާއިރު، ލިބުމުން އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ހުޅުވާފައި ނުވާ ކަމަށެވެ. އެހެންކަމުން ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެފައިވާ ކަމަށާއި އެ ގޭތެރެއިން ދުން އަރަމުންދިޔައީ […]

ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިއްޖެ
Raajje

ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިއްޖެ

ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނީ މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު 7 ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިއެއް ކަމަށެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. “ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމ...

ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި
Raajje

ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ. މި ހާދިސާއާއި ގުޅިގެން ގެއްލުނު މިންހާޖު ހޯދުމަށް 87.6 ސްކޮޔާ މޭލު މިހައިތަނަށް ބަލާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފި އެވެ. ފުލުހުން ވިދާޅުވީ މިހައިތަނަށް ހޯދި ހޯދުމުން މިންހާޖު ފެނިފައި ނުވާ ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ،  މިންހާޖު ހޯދުމަށް އެ އިދާރާއިން ކުރިއަށްގެންދާ ސާޗް އޮޕަރޭޝަންގައި ވައިގެމަގުން 750 ސްކޮއާ ނޯޓިކަލް މޭލ...

ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި
Raajje

ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް “ހަކުރާ” އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު […]

ނަޑެއްލާ ކައިރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެެރިވާން ފަށައިފި
Raajje

ނަޑެއްލާ ކައިރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެެރިވާން ފަށައިފި

ގދ. ނަޑެއްލާ ކަރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަން ސާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެއްނެވުމުން، އެ ޚިދުމަތުން ”ތިލަދުން” އަށް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އިއްޔެ އިރުއޮއްސި 18:21 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 10 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހުން މިވަގުތު ތިބީ ނަޑެއްލާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން […]