އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އެ ރަށުގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މި ކޯޓް ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ކޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަންހެން ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ މޮޅަދޫ އަންހެން ވޮލީ ޓީމާއި އިމަގު އަންހެން ވޮލީ ޓީމެވެ. މި ކޯޓް ތަރައްގީ ކުރުމަށް އެ ޖަމިއްޔާއިން ނިންމައި އެކަން […]