Skip to main content
Topic Archive

#އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)

35 Stories filed
Thiladhunmathi News

އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަހަރުގެ ރަމަޟާންމަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައްދަނީ އިއުލާންކުރަމުންނެވެ. އެގޮތުން، މިހާތަނަށް ދެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ އިމަގު މަދަހަ މުބާރާތާއި ގުރުއާން މުބާރާތެވެ. މިއަހަރު އިމަގު މަދަހަ މުބާރާތް ކުރީގެ އަހަރުތަކާ ތަފާތުކޮށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމަގުގެ މީޑި...

އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް
Thiladhunmathi News

އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން އިހަވަންދޫގެ މަސްވެރިންނަށް ހާއްޞަ ކޮށްގެން ފުޓްސަލް ޗެލެންޖެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި މުބާރާތާއި ގުޅިގެން އިމަގު ޖަމްޢިއްޔާއިން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވަނީ “ބާރަނަ ޗެލެންޖް”ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވެވޭނީ ހަމައެކަނި އިހަވަންދޫ މަސްވެރި އުޅަނދުތަކުގެ ކެޔޮޅުންނާއި ފަޅު...

އިހަވަންދޫ އިމަގުގެ ''މަންސަފާ'' ހަރަކާތުގެ ފުރަތަމަ ދަތުރު ނޮޅިވަރަންފަރަށް
Thiladhunmathi News

އިހަވަންދޫ އިމަގުގެ ''މަންސަފާ'' ހަރަކާތުގެ ފުރަތަމަ ދަތުރު ނޮޅިވަރަންފަރަށް

ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އުނގަންނައި ދިނުމުގެ ހަރަކާތުގެ ފުރަތަމަ ދަތުރު ހދ. ނޮޅިވަރަންފަރަށް ކޮށްފިއެވެ. މިއީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް އަދި ”އޯ” ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް އިމަގުން ފަށާފައިވާ ހަރަކާތެކެވެ. މިގޮތުން މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އެދޭ މަދަރުސާތަކަ...

އިހަވަންދޫ އިމަގުގެ ''މަންސަފާ'' މުޅި ރާއްޖެއަށް
Thiladhunmathi News

އިހަވަންދޫ އިމަގުގެ ''މަންސަފާ'' މުޅި ރާއްޖެއަށް

ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި އުނގަންނައި ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ފުރުޞަތުގެ ބޭނުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިފޭނޭހެން، އެ ޖަމިއްޔާއިން ފަށާ މި ހަރަކާތަކީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް އަދި ”އޯ” ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް ފަށާ ހަރަކާތެކެވެ. މިގޮތުން މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އ...

އިހަވަންދޫ އިމަގު ޖަމިއްޔާއިން  އެއްލައްކަ ރުފިޔާގެ އަގުބޮޑު މުބާރާތެއް
Thiladhunmathi News

އިހަވަންދޫ އިމަގު ޖަމިއްޔާއިން އެއްލައްކަ ރުފިޔާގެ އަގުބޮޑު މުބާރާތެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ބޮޑު ތިލަދުންމައްޗަށް އަމާޒު ކޮށްގެން “އިމަގު ކަޕް 2021” ގެ ނަމުގައި އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައި އެކަން އިޢުލާން ކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ބޮޑު ތިލަދުންމަތޫގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅު ރަށްތަކަށް އަމާޒު ކުރެވިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 (އެއްލައްކަ ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. […]