Skip to main content
Topic Archive

#ކުމުންދޫ ކައުންސިލް

53 Stories filed
ކުމުންދޫ ފުޓްސަލް: ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޒީރު ހަމަޖެހިލިއިރު ބީޗް ސިޓީއަށް ފުރަތަމަ މޮޅު
Thiladhunmathi News

ކުމުންދޫ ފުޓްސަލް: ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޒީރު ހަމަޖެހިލިއިރު ބީޗް ސިޓީއަށް ފުރަތަމަ މޮޅު

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުތައް ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޒީރު އާއި އައްޓޯ އެފްސީއެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޒީރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒީރުގެ ޖޯޒީ ނަމްބަރ 9، އަލީ ހާފިޒްއެވެ. އިއްޔެ ކުޅުނު ދެވަނަ […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ބައިގެ ފުރަތަމަ މެޗު ސީއެސް ވިމެންސް ކާމިޔާބުކޮށްފި
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ބައިގެ ފުރަތަމަ މެޗު ސީއެސް ވިމެންސް ކާމިޔާބުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ އަންހެން ކެޓަގަރީގެ ފުރަތަމަ މަޗު ސީއެސް ވިމެންސް ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ އަންހެން ކެޓަގަރީގެ ކުޅުން ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ސަންދިޔާއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސް އިންނެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ ތިންވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލު […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފަށައިފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައްޓޯ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 12، މުޝްރިފް މުހައްމަދެވެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” މާދަމާ ފަށާނެއެވެ. އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ. އަންހެން ޑިވިޝަންގައި […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ނިންމާފައި ވަނީ މި މުބާރާތް ދެ ޑިވިޝަނަކަށް ކުރިއަށް ގެންދާށެވެ. އެއީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނެވެ. މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދުވެގެން ތިން ޓީމް ބައިވެރިވާނަމައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައ...

ރައްޔިތުންގެ މަންފާ އަށް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުރަހެއް ނާޅަން: ކުމުންދޫ ކައުންސިލް
Thiladhunmathi News

ރައްޔިތުންގެ މަންފާ އަށް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުރަހެއް ނާޅަން: ކުމުންދޫ ކައުންސިލް

ހދ. މަކުނުދޫ ގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލުން ހުރަސް އަޅާފައި ނޯންނާނެ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން އެރަށު ރައްޔިތުންގެ މަންފާއަށް ހިންގަމުންދާ އަދި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ކައުންސިލުގެ ފަރާތުން ހުރަސް އަޅައި، ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ. ސަރުކާރުން ކުރިއަށް ރާވާފައިވާ މަޝްރޫއުތަކުގައި ވެސް ކައުންސިލުގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދެމުން ގެންދާނެ ކަމަށް ވެ...

ކުމުންދޫ ކައުންސިލުގެ އެހީގައި އެރަށު ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އަޅަނީ
Thiladhunmathi News

ކުމުންދޫ ކައުންސިލުގެ އެހީގައި އެރަށު ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އަޅަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސްކޫލްގައި ޕްރޭޔާރ ރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީި މިކަމަށްއެދި އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން މި ޖޫން މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ. ނަން ނޯޓު ކުރުމަށް އެ އިދާރާއަށް ގޮސްގެން ނުވަތަ 6520034 ނަމްބަރު ފޯނަށް ގުޅައިގެން ވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ. […]

ވައިކަރަދޫ ރައީސް އާއި ކުމުންދޫ ރައީސް "ދަ ޑިމޮކްރެޓްސް" އަށް!
Thiladhunmathi News

ވައިކަރަދޫ ރައީސް އާއި ކުމުންދޫ ރައީސް "ދަ ޑިމޮކްރެޓްސް" އަށް!

ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި ހދ. ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ދެ ބޭފޫޅުން “ދަ ޑިމޮކްރެޓްސް” އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ. ހދ. އަތޮޅު ކައުންސިލުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނި ވޭތުވެދިޔަ 13 އަހަރު […]

ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އުރިއްޖެ
Thiladhunmathi News

ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އުރިއްޖެ

ހދ.ކުމުންދޫއާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ދެމެދު ދަތުރު ކުރާ ފެރީ ދޯނި ކުމުންދޫ ނެރު މައްޗަށް އުރިއްޖެއެވެ. “ކުރަނގި 2” ނަމަކަށް ކިޔާ މި ފެރީދޯނި ކުމުންދޫ ނެރުމައްޗަށް އުރި މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. މި މި ހާދިސާގައި މި ދޯނިން ދަތުރުކުރި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ދޯނޯގައި ހުރި ބައެއް މުދާގެއްލި ދޯންޏައް ވެސް ވަނީ ގެއްލުންވެފައެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު […]

ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރަން ހަވާލުކޮށްފި
Thiladhunmathi News

ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރަން ހަވާލުކޮށްފި

ތިލަދުންމަތި ދެކުނުބުރީ ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރުމަށް އާރކް އެން ސިއެލް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޙައްމަދު އެވެ. އާރކް އެން ސިއެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ ޑިރެކްޓަރ އަޙުމަދު އަމީން އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނ...

ބިމެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވޭނެ: އިމްރާން
Thiladhunmathi News

ބިމެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވޭނެ: އިމްރާން

ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓް ގާއިމުކުރަން ބިމެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި އެރަށުގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމްވެގެންދާނީ ކޮންއިރަކުތޯ ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތްކުރަމުންދާ ކަމަށާއި ލަސްވަމުންދަނީ...

މަކުނުދޫ ގޮނޑުދޮށް ސާފުކުރުން މިއަދު ހަވީރު
Thiladhunmathi News

މަކުނުދޫ ގޮނޑުދޮށް ސާފުކުރުން މިއަދު ހަވީރު

ހދ. މަކުނުދޫ ބީޗް ސާފުކުރުމުގެ ހަރަކާތެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ މިއީ މިއަހަރު ބާއްވާ މިފަދަ ފުރަތަމަ ހަރަކާތް ކަމަށާއި ކުރިއަށްވެސް މިފަދަ ކަންކަން ރޭވިފައިވާ ކަމަށެވެ. މިއަދުގެ ސާފުކުރުމުގެ ހަރަކާތް ބޮޑަށް އަމާޒު ހިފާފައިވަނީ ބީޗު ސަރަހައްދު ސާފުކުރުމަށް ކަމަށެވެ. އެއީ އެ ސަރަހައްދަކީ ގިނަބަޔަކު ހިތްހަމަ ޖައްސާލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދާ ތަނަަކަށްވާތީ، އެތަން ވީހާވެސް...

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އަމީން އިސްތިއުފާ ދެއްވައިފި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އަމީން އިސްތިއުފާ ދެއްވައިފި

ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ކުމުންދޫ ކައުންސިލްގެ ރައީސް، އަމީން މުހައްމަދު ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އަމީން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން މި ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދިނުމަށް ހުށަހަޅާ ކަމަށެވެ. އަމީން ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް، އޭނާގެ ފުރިހަމަ […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބަށް
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބަށް

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިން ބީޗް ސިޓީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ ކުޅުން ފައިނަލް މެޗުގައި ޒީރު ސްޕޯޓްސް ކުލަބްގައި ތަފާތު ދައްކާފައި ވަނީ ރާއްޖޭގައި މިވަގުތު ހުރި […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޒީރުއާއި ބީޗް ސިޓީ
News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޒީރުއާއި ބީޗް ސިޓީ

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޒީރު ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގައި ޒީރުން ކާމިޔާބުކުރި ހަމައެކަނި […]