މަސް ދޯންޏެއް ބިންދައިގެން ގޮސްގެން ސިފައިން ހަރަކާތްތެރިވަނީ
މަސްވެރިކަމަށް ނުކުމެ އުޅުނު މަސް ދޯންޏެއް ބިންދައިގެން ގޮސްގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ބިންދައިގެން ގޮސްފައި ވަނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެކެވެ. “އޯކިޑް 707″ ނަމަކަށް ކިޔާ މި މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދ...