Skip to main content
Topic Archive

#ކަނޑުމަތީގެ ހާދިސާތައް

164 Stories filed
ސްނޯކްލިން އަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ
Raajje

ސްނޯކްލިން އަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ރިސޯޓެއްގައި ސްނޯކްލިން އަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 67 އަހަރުގެ ފަތުރުވެރިއެކެވެ. ރަޝިޔާ އަށް ނިސްބަތްވާ މި މީހާ ގެނބިގެން މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ. އޭޑީކޭ ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން […]

ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ނިޔާވެއްޖެ
Raajje

ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ނިޔާވެއްޖެ

އދ. ސެންޓަރާ ރިސޯޓުގައި ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި، ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން ފަރުވާދެމުންދާކަމަށް މިއަދު 11:05 ހާއިރު އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފަތުރުވެރިޔާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބުނު ދިވެހި މީހާ އދ. ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަމަށް އެތަނުން ފުލުހުންނަށ...

މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދަނީ
Raajje

މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދަނީ

މުދާ އުފުލާ ދޯންޏެއް ގެއްލިގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ. “AAA-37” ނަމަކަށް ކިޔާ މި މުދާ އުފުލާ ދޯނި ތިލަފުށިން ފުރާފައި ވަނީ 17 މޭ ވީ ހުކުރު ދުވަހު (އިއްޔެ) ހެނދުނު 06:00 ހާއިރު އެވެ. ތިން މީހުންނާއެކު ފުރި މި ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު […]

16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި
Raajje

16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ “ރޯޝަނީ” ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގައި 16 މީހުން ތިބި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް...

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައިގެން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
Raajje

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައިގެން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން ރޭ ހިނގި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި “ލިއޯ ޕާލް” ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ރޭ ފަތިހުއެވެ. އެ ލޭންޑިން ކްރާފްޓުގައި ފަސް މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ކަނޑުވެފައި ތިއްބާ ރޭ ފަތިހު ސީއެމްބިއުލާންސަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ގެއްލުނު މީހާ ހޯދަމުން ދަނިކޮށް ފެނުނީ ބަންޑުން ޖަހާލި […]

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލިގެން ހޯދަނީ
Raajje

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލިގެން ހޯދަނީ

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އޭގައި ދަތުރުކުރަމުންދިޔަ އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ “ލިއޯ ޕާލް” ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން މްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި ލޭންޑިން ކްރާފްޓް އަކީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިން ކްރާފްޓް އެކެވެ. މި ލޭންޑި...

އޮޔާ ދިޔަ ޑައިވަރުންތަކަކާއި އިންސްޓްރަކްޓަރުންތަކެއް ސަލާމަތްކޮށްފި
Raajje

އޮޔާ ދިޔަ ޑައިވަރުންތަކަކާއި އިންސްޓްރަކްޓަރުންތަކެއް ސަލާމަތްކޮށްފި

އޮޔާ ދިޔަ ޑައިވަރުންތަކަކާއި އިންސްޓްރަކްޓަރުންތަކެއް ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ މެރިން ޕޮލިސް ލޯންޗެއް މިއަދު ހެނދުނު ޏ. ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގދ. ގަމާއި ދިމާލުން ކަނޑުމަތިން ޑައިވަރެއް ދުރުން ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު އެތަނުން ދެ ޑައިވަރުން ފެނިފައިވާ ކަމަށެވެ. މެރިން ޕޮލިސްގެ ލޯންޗު ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް ވެސް އޮޔާދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ސަރަހައްދުން ރަޝިޔާގެ 10 ޑައިވަރުންނާއި […]

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ
Raajje

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަންފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ، ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ އަކީ އަރިއަތޮޅު ރިސޯޓެއް ކައިރީ ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެކެވެ. ”އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށައިފި.” އެމްއެންޑީއެފުން ބުނެފަވެއެވެ. މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންއެންޑީއެފުން އަދި ހާމައެއް ނ...

މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި

ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހެއްގެ އަތަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މިޔަރެއް ހަމަލާދީފައި ވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހަކަށެވެ. “ރިހިވެލި” ނަމަކަށް ކިޔާ ޑިންގީއެއްގައި ދޮށި އުކައިގެން މަސް ބާނަން އުޅުނު އެ މީހާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އޭނާގެ އަތުގައި އަޅައި ވަނީ ޒަޚަމްކޮށްލާފައެވެ. މިޔަރުގެ ހަމަލާގެ ސަބަބުން އެމީހާ ޒަޚަމްވެ ހާލު ދެރަވި […]

ދޯންޏެއް އަޑިއަށް ގޮސް ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
Raajje

ދޯންޏެއް އަޑިއަށް ގޮސް ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިއަށް ދިޔުމުގެ ސަބަބުބް ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހުން މިރޭ ބުނީ އަރިއަތޮޅާއި 19 މޭލު ބޭރުން ދަތުރުކުރަމުންދިޔަ ދޯންޏެއް މިއަދު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ދޯނި އަޑިއަށް ދިޔުމުން އޭގައި ތިބި ތިން މީހުން ކަނޑުވެފައިތިއްބާ އެ ސަރަހައްދުން ދަތުރުކުރި ފިއުލް ސަޕްލައިގެ އުޅަނދަކަށް އެމީހުން ފެނިގެން ވަނީ ސަލާމަތްކޮށްފައިކަމަށް މެރިން ޕޮލިހުން ބުނެއެވެ. އެ މީހުން ސަލާމަތްކޮށްގެން މިހާރު މާލެ ގެނެސްފައިވާއިރު، މި...

ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިފި
Raajje

ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިފި

ށ. ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުންޖަހާލައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެއީ، ށ. މިލަންދޫއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ ޑިންގީއެކެވެ. އެ ޑިންގީ ބަންޑުން ޖަހާލައިގެން މިރޭ 22:23 ހާއިރު އެ އިދާރާއަށް މައުލޫމާތު ލިބުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންވެ، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ޑިންގީގައ...

ކަނޑުމަތިން މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނިއްޖެ
Raajje

ކަނޑުމަތިން މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ވެލައްސަރު ރިސޯޓު ކައިރި ކަނޑުގެ ސަރަހައްދުން މަރުވެފައިވާ މީހެއްގެ ހަށިގަނޑުފެނިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:11 ހާއިރުއެވެ. އެމީހާ އަކީ ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލިބުލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން މި މައްސަލަ ތަ...

ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިވަނީ
Raajje

ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިވަނީ

ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ އެ ލޯންޗަށް ސިފައިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ލޯންޗަކަށް ދިޔަވެ، ގެއްލުން ވާތީ ސިފައިން އަންނަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެއީ ތ. އަތޮޅު ބުރުނީގެ ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. “އެމްއާރުސްޕީޑް” ނަމަކަށް ކިޔާ ލޯންޗަށް ދިޔަވެ ގެއްލުންވުމުން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކުޑަހުވަދޫ ޕޯސްޓްގެ ސިފައިންނެވެ. ‘’މ...

ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ
Raajje

ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ

ސައުތުލައިން ބޯޓު ގއ. ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެއެވެ. މި ބޯޓު އަރާފައި ވަނީ ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެ ބޯޓު ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ‘’މި މައުލޫމާތު ލިބުމުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިވުމަށް ގޮސްފައިވޭ،’’ ފުލުހުން ބުންޏެވެ. މި ހާދިސާގައި […]

ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި
Raajje

ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި

ކުޅުދުއްފުށީ ސިޓީގެ ބަހާދަރު ބޯޓު ރޭ ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ފަރަށް އެރިއިރު ބޯޓުގައި 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެވެ. ބަހާދަރު ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް […]