Skip to main content
Topic Archive

#ކޯވިޑް-19

355 Stories filed
ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ
Thiladhunmathi News

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ މީހެއް ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:30 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 231 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން މީހަކު ނިޔާވެފައެވެ. އެއީ 46 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ […]

ކޯވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޯވިޑް 19 ބަލީގައި ރާއްޖެއިން 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ހެލްތް ޕރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކޮށްފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 230 އަށް އަރާފައެވެ. ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ދަށްވެފައިވާއިރު، މިބަލީގައި ރާއްޖެއިން މީހުން ނިޔާވަމުން އަންނަ މިންވަރުވެސް ދަށްވެފައިވާކަން އެޗް.ޕ...

ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެ
Raajje

ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެއެވެ. ލަންކާގައި މިވަގުތު ކޯވިޑް ބަލި ދަނީ ވަރަށް ބާރަށް  ފެތުރެމުންނެވެ. ބަލީގެ ހާލަތު ގޯސްވުމުގެ ސަބަބުން މިވަގުތު އެ ޤައުމު އޮތީވެސް ފުރަބަނދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މީޑިއާއަށް ވިދާޅުވީ، ލަންކާގައި ކޮވިޑްގައި ދިވެއްސަކު ނިޔާވުމާއި ގުޅިގެން އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ފޯރު...

ތުރުކީ އިން ކޯވިޑުގެ އާ ވޭރިއަންޓެއް ފެނި ކޮވިޑް ކޭސްތައް އިތުރު ވަނީ
International

ތުރުކީ އިން ކޯވިޑުގެ އާ ވޭރިއަންޓެއް ފެނި ކޮވިޑް ކޭސްތައް އިތުރު ވަނީ

ތުރުކީގެ އިޒްމީރުން ކޯވިޑް-19ގެ އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށް އެ ޕްރޮވިންސުގެ އޮތޯރިޓީން ބުނެފިއެވެ. އިޒްމީރު މެޑިކަލް ޗެމްބާ އެނޑް އެސޯސިއޭޝަން ފޯ ކްލިނިކަލް މައިކްރޮބަޔޮލޮޖީން ބުނެފައިވާގޮތުގައި ގިނަ ވޭރިއަންޓުތަކެއް އެ ޕްރޮވިންސުން ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި މިހާރު ވެސް އެނގިފައިވާ އަލްފާ އާއި ބޭޓާ އާއި ގާމާ އަދި ޑެލްޓާ ވޭރިއަންޓު ވެސް ހިމެނޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ދައްކާގޮތުގައި ޕީސީއާރު ކިޓުތައް ބޭނުންކޮށްގެން ސާމްޕަލްތައް މިހާރު ފެނިފައިވާ ވޭރިއަންޓުތަކަށް ވަނ...

50 އިންސައްތަ ކުދިން ވެކްސިން ޖަހައިފި
Raajje

50 އިންސައްތަ ކުދިން ވެކްސިން ޖަހައިފި

ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާ ކުޑަކުދިންގެ އާބާދޫގެ ތެރެއިން 50 އިންސައްތަ ކުދިން ވެކްސިން ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ރާއްޖޭގައި ކުޑަކުދިންގެ ތެރެއިން ވެކްސިން ޖަހަނީ އުމުރުން 12 އަހަރާއި، 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެ ކުދިންނަށް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވައެވެ. އެ ކުދިންނަށް ޖަހަނީ ފައިޒަރ ވެކްސިންއެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ އުމުރުގެ 20،000ށް ވުރެ ގިނަ ކުދިންނަށް […]

ކޮވިޑް ބަލީގައި ރާއްޖެއިން 94 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޮވިޑް ބަލީގައި ރާއްޖެއިން 94 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ބަލީގައި ރާއްޖެއިން 94 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މިއަދު އާންމު ކުރެއްވިގޮތުގައި މި މީހާ އަކީ ހާލު ދެރަވެގެން ޏ. ފުވަމުލަކު އަތޮޅު ހޮސްޕިޓަލަށް ގެނެވުނު ދިވެހި ފިރިހެނެކެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއްވިއެވެ. މިއަދުގެ މި މަރާއެކު ރާއްޖެއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު 222 އަށް އަރައިފި އެވެ. ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވާވަރަށް ކޯވިޑް […]

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 219 އަށް އަރައިފި
Raajje

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 219 އަށް އަރައިފި

ކޯވިޑް-19 ބަލީގައި ރާއްޖެއިން 60 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ 11:43 ގައެވެ. މިއީ ރާއްޖޭން މިބަލީގައި ނިޔާވި 219 ވަނަ މީހާއެވެ. ރާއްޖޭން މިބަލީގައި މީހަކު ނިޔާވިކަން އެންމެ ފަހުން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ މީހެކެވެ. މިހާތަނަށް ރާއްޖޭން […]

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ
Raajje

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދިޔަ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު މިބަލީގައި ނިޔާވެފައިވަނީ 59 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 03:05 ހާއިރުކަމަށް ބުނެއެވެ. މިއީށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ. At 03:05 am (011/07/21) a 59-year-old Maldivian female admitted at Sh. Covid Management Facility has […]

އިނގިރޭސިވިލާތުން ލުއި ދޭތީ ސައިންސްވެރިން ކަންބޮޑުވެއްޖެ
International

އިނގިރޭސިވިލާތުން ލުއި ދޭތީ ސައިންސްވެރިން ކަންބޮޑުވެއްޖެ

އިނގިރޭސި ވިލާތުގައި ކޯވިޑް-19ގެ އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލުމަށް، އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަކީ، ނުރައްކާތެރި އަދި އަހުލާގީގޮތުން ދަށް ފެންވަރުގެ ކަމެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ސައެންސްވެރިން ނުރުހުން ފާޅުކޮށްފިއެވެ. އެ ގައުމުގެ ސައެންސްވެރިންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެން ދާއިރާތަކުގެ 4،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، ލަންސެޓް މެޑިކަލް ޖާނަލްގައިޝާއިއުކުރި ސިޓީއެއްގައި، އިނގިރޭސި ސަރުކާރަށް ގޮވާލާފައި ވަނީ، އެ ނިންމުން އަނބުރާ ގެންދި...

ކޯވިޑުގައި މަރުވި މީހުންގެ އަދަދު ހަތަރު މިލިއަނަށްވުރެ މައްޗަށް
International

ކޯވިޑުގައި މަރުވި މީހުންގެ އަދަދު ހަތަރު މިލިއަނަށްވުރެ މައްޗަށް

ކޯވިޑް-19 ގައި، ދުނިޔޭގެ އެކި ގައުމުތަކުން މަރުވި މީހުންގެ ޖުމްލަ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް ހިނގައްޖެއެވެ. ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔެ އިން މަރުވި ޖުމްލަ މީހުންގެ ތެރެއިން، ތިން ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީއެންމެ ތިން ގައުމުން މަރުވި މީހުންނެވެ. މީގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވީ އެމެރިކާ އިންނެވެ. އެގޮތުން މުޅި ދުނިޔޭން މަރުވި މީހުންގެ 15 އިންސައްތަ އަކީ އެމެރިކާއިން […]

ދެ ޑޯޒު ޖަހާފައި ތިބި މީހުންނަށް ދަތުރުކުރެވޭ ގޮތަށް ލުއި ދީފި
Raajje

ދެ ޑޯޒު ޖަހާފައި ތިބި މީހުންނަށް ދަތުރުކުރެވޭ ގޮތަށް ލުއި ދީފި

ކޮވިޑް-19އާ ދެކޮޅަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ޖަހެހިތާ 14 ދުވަސްވެފައިވާ މީހުންނަށް ދަތުރު ކުރެވޭ ގޮތަށް އެޗްޕީއޭއިން ލުއިދީފިއެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިން ޖެހިތާ ދެ ހަފްތާ ވެފައިވާ މީހުންނަށް ދަތުރު ކުރެވޭނީ މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށަށް ކަމަށެވެ. އަދި އެގޮތަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާއެއް ހުށަހަޅައިގެން ކަމަށެވެ. މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގައި ކޭސްތަކުގެ އަދަދަށް ބަލައި [...

ޑެލްޓާއަށްވުރެ ހަލުވިކޮން ފެތުރޭ، ނުރައްކާތެރި ސްޓްރެއިނެއް 30 ގައުމަކުން ފެނިއްޖެ
International

ޑެލްޓާއަށްވުރެ ހަލުވިކޮން ފެތުރޭ، ނުރައްކާތެރި ސްޓްރެއިނެއް 30 ގައުމަކުން ފެނިއްޖެ

ކޯވިޑް-19ގެ ޑެލްޓާ ސްޓްރެއިނަށްވުރެ ނުރައްކާތެރި ސްޓްރެއިނެއް ފެނިއްޖެއެވެ. މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ “ލަމްބްޑާ” ގެ ނަމުން ނަން ދީފައިވާ މި ސްޓްރެއިން ފާއިތުވި ހަތަރު ހަފުތާ ތެރޭގައި 30 ގައުމަކުން ފެނިފައިވާ ކަމަށެވެ. މިސްޓްރެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ޕެރޫ އިން ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ކޯވިޑް ޖެހިގެން މިހާތަނަށް ޕެރޫއިންވަނީ 193،230 ގިނަ މީހުން މަރުވެފައެވެ. މިއީ ދުނިޔޭގައި މިބަލީގެ ސަބަބުން އެންމެ ގިނަމީހުން މަރުވި 5 ވަނަ ގައުމެވެ. އޮސްޓްރޭލިއާގެ […]

މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަދީފި
Raajje

މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަދީފި

މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް ޖުލައި 1 އިން ފެށިގެން ލުއިދޭން ނިންމަވާފައިވާތީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން ނަމާދުކުރެވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މިރޭ ފަތިހުން ފެށިގެން މި ނިންމުމަށް އަމަލުކުރަން ފަށާއިރު، ރައްކާ...

ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެ: ނަސީމް
Raajje

ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެ: ނަސީމް

މިފެށޭ ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކޯވިޑް ވެކްސިން ހޯއްދަވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން ލިބޭނީ ވަކި ދުވަހެއް ކަމަށް ނުދެންނެވި ނަމަވެސ...

ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި
Raajje

ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއައުމުގެ ހުއްދަ ދޭގޮތަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދެކުނު އޭސިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ،...