ކޯވިޑްގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭގެ އިލްތިމާސެއް
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަންދީ، ކޯވިޑްގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެއްބާރުލުން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކޯވިޑް-19 ގެ އާ ވެރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ ‘ޓޭރިއަންޓް އޮފް ކޮންސަރން’ އެއް ކަމުގައި ނޮވެމްބަރ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައިވާކަން ފާހަގަ ކުރަށްވާފައެވެ. ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން...