Skip to main content
Topic Archive

#ކޯވިޑް-19

355 Stories filed
މިއަދު ކުޅުދުއްފުށީގައި ނިޔާވި ކެލާ މީހާގެ މަރަކީ ކޯވިޑް މަރެއް: އެޗްޕީއޭ
Thiladhunmathi News

މިއަދު ކުޅުދުއްފުށީގައި ނިޔާވި ކެލާ މީހާގެ މަރަކީ ކޯވިޑް މަރެއް: އެޗްޕީއޭ

ކުޅުދުއްފުށީގައި ހުންނަ ކޭޕީއެލް ކަރަންޓީނު ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ހއ. ކެލާ މީހާ ނިޔާވެފައި ވަނީ ކޯވިޑް ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީގައި ބަހައްޓައިގެން ފަރުވާ ދެމުންދިޔަ ކެލާ، އުމުރުން 58 އަހަރުގެ މީހާއަކީ ކެލާގައި ހޯމްކަރަންޓީނުގައި ހުރުމަށްފަހު ފަރުވާއަށް ކުޅުދުއްފުއްޓަށް ގޮސްހުރި، ކެންސަރު ބަލީގެ މީހެކެވެ. އެމީހާ ބަލިވެގެން ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިއްޔެ އެވެ. އަދި އޭނާ ކެލާގައި ހޯމް ކަރ...

ބުނެލާ އެއްޗެހިން ހިތްފަޅައިގެން ދޭ، އެކަމަކު ވެސް ހިދުމަތުގައި!
Report

ބުނެލާ އެއްޗެހިން ހިތްފަޅައިގެން ދޭ، އެކަމަކު ވެސް ހިދުމަތުގައި!

މިއީ ކޮވިޑް ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ ފާތްމަތު އާދަމް އާއި އެތަނުގައި މަސއްކަތް ކުރާ އެހެން ކުދިންނަށް ކޮންމެ ދުވަހަކު، އެތަނަށް ގުޅާ ބައެއް އާއްމުންގެ ފަރާތުން ދިމާވާ ފުރައްސާރައިގެ ވާހަކައެވެ.

އައިސޮލޭޝަނަށް ގެންދާ ބައެއް މީހުންގެ އަމަލުތައް ބަހައްޓާ ގޮތާއިމެދު ކަންބޮޑުވުން
Raajje

އައިސޮލޭޝަނަށް ގެންދާ ބައެއް މީހުންގެ އަމަލުތައް ބަހައްޓާ ގޮތާއިމެދު ކަންބޮޑުވުން

އައިސޮލޭޝަނަށް ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން، އެ ފެސިލިޓީތަކުގެ ތަކެއްޗަށް ގެއްލުންދީ އަމަލުތައް ބަހައްޓާ ގޮތުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރު (އެޗްއީއޯސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު މިރޭ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބައެއް މީހުން އެތަންތަން ދޫކޮށްފައި ދާއިރު، އެކި ކަހަލަ ގެއްލުންތައް ދީފައި ހުންނަކަން ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާކަމަށެވެ. ޑރ. ނަޒްލާ...

އާރްއާރްޓީ: މިއީ ގައުމަށްޓަކައި ވާ ގުރުބާނީއެއް
Report

އާރްއާރްޓީ: މިއީ ގައުމަށްޓަކައި ވާ ގުރުބާނީއެއް

“އެންމެ މިސްވަނީ އާއިލާ. މަންމަ ކައްކާފައި ކާންދޭ މީރު ކެއުން. ވަކިން ފެސިލިޓީއެއްގައި، އާއިލާއާ ބައްދަލުނުވެ، މިހާ ދުވަސްވީމަ ދެރަވޭ،” އުމުރުން 24 އަހަރުގެ މަރިޔަމް ޝިއުނާ ބުންޏެވެ. ޝިއުނާ އަކީ ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކަމަށްވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ޚިދުމަތްތެރިއެކެވެ. އެ މަސައްކަތުގައި އޮތް ނުރައްކާތެރިކަން ޝިއުނާ ވެސް ގަބޫލުކުރެ އެވެ. އޭނާ އާއި އެހެން ބައިވެރިންގެ މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ […]

"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި!
Report

"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި!

މުޅި ތަނުގައި އެއްއަޑަކަށް ގުގުމާފައި ހުރީ، ފޯނުކޯލްތަކަށް ޖަވާބުދިނުމަށް ހަރަކާތްތެރިވި ހީވާގި މަސައްކަތްތެރިންގެ އަޑެވެ. ފެނިގެން ދަނީ އާއްމުންގެ ފޯނު ކޯލުތަކަށް އިޖާބަ ދިނުމަށް އެ މުވައްޒަފުން ހަލުވިކަމާއި، ފަރިތަކަމާއި އެކުހަރަކާތްތެރިވަމުންދިޔަ މަންޒަރެވެ. މިއީ، ދަރުބާރުގޭގެ ދެވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ކޮވިޑް ކޯލްސެންޓަރަށް ދިޔަ އަޅުގަނޑާއި، އެކުވެރި ނޫސްވެރިންގެ ޓީމަށް ތަޖުރިބާކުރެވުނު ކަންކަމެވެ. އެތަނަށް ވަނުމާ އެކު ހިތަށް ވެރިވެގެންދިޔައީ ތަފާތު އިހުސާސްތަކެކެވެ. ކޯލް ސެންޓަރ...

މި ހިތްދަތިކަން ނިމުމަކަށް ގެންނާނީ އަހަރެން!
Report

މި ހިތްދަތިކަން ނިމުމަކަށް ގެންނާނީ އަހަރެން!

ރާއްޖޭގެ އެންމެ ބޮޑު އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ފަޅަށް ހުރި ހަތަރު މަސްދުވަހުގެ ހަނދާންތައް އަދި ނުފޮހެވެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުގެ ތާރީޚުގައި އެ އެއަރޕޯޓަށް ޓޫރިސްޓުން ނައިސް މާޒީވީ ހަމައެކަނި ދުވަސްތަކެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މައި ބަނދަރުގެ އެ ފަޅުކަން ދިވެހިންނަށް ގެނެސްދިނީ ކޮން ތަޖުރިބާއެއް ހެއްޔެވެ؟ އާއެނކެވެ. ފަގީރުކަމެވެ: މިއީ ޑިސެމްބަރު 31 ، 2019 އާ ޖެހެންދެން އަޅުގަނޑުމެން ދުށް ތަނަވަސް ރާއްޖެއެއް ނޫނެވެ: މިއީ […]

ގިނަބަޔަކު ޕޮޒިޓިވްވެ، ރާއްޖެ ބިރުވެރި ކަމެއްގެ ތެރެއަށް
Raajje

ގިނަބަޔަކު ޕޮޒިޓިވްވެ، ރާއްޖެ ބިރުވެރި ކަމެއްގެ ތެރެއަށް

ފާއިތުވެދިޔަ 24 ގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް 199 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 8000 އަށް މިވަނީ އަރާފަ އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 168 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށާއި ދެން ތިބި 31 މީހުން ޕޮޒިޓިވްވެފައިވަނީ ރާއްޖޭގެ އެކި އަތޮޅުތަކުންނެވެ. މިއަދު ކޯވިޑަށް […]

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި
Raajje

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި

ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާއިން ފަށާފައިވާ ގައުމީ ކެމްޕޭން “ކޮވިޑް ހުއްޓުވާނީ އަހަރެން” ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ. މިކެމްޕޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، “ކޯވިޑް-19” ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، “ކޯވިޑް ހުއްޓުވާނީ އަހަރެން” މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން، އިފްތިތާޙު ކޮށްދިނުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ރާއްޖެ މިހާރު އޮތް ޙާލަތަށ...

ހާލަތު ވަރަށް ގޯސް، ދެވަނަ ލޮކްޑައުނަކަށް ދާންޖެހިދާނެ!
Raajje

ހާލަތު ވަރަށް ގޯސް، ދެވަނަ ލޮކްޑައުނަކަށް ދާންޖެހިދާނެ!

މާލެ ސަރަހައްދުގައި ކޯވިޑް-19 ބަލިމަޑުކަމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ދެވަނަ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން  ކޯވިޑް-19 ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރު، ޑރ. އަހްމަދު ޝަހީދު ކޯވިޑްގެ ހާލަތު ގޯސްވެ، މި ބަލީގައި އެޑްމިޓުކުރާ މީހުންނާއި މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާ ކަމަށެވެ. ހޮސްޕިޓަލުގައި މީހުން އެޑްމިޓުކޮށްފައިވާ ބަލިމީހު...

މިމަސައްކަތުގައި ތިބި ގިބަޔަކު ވަނީ ވަރުބަލިވެފައި: ޑރ. ލަޠީފް
Raajje

މިމަސައްކަތުގައި ތިބި ގިބަޔަކު ވަނީ ވަރުބަލިވެފައި: ޑރ. ލަޠީފް

ކޯވިޑް-19 ގެ މަސައްކަތުގައި އެތައް މަހެއް ހޭދަވެފައިވާއިރު، ހެލްތު ސެކްޓަރއާއި، އެ މަސައްކަތުގައި ތިބި ގިނަ މީހުން މިހާރު ވަނީ ވަރުބަލިވެފައި ކަމަށް ޑރ. ޢަލީ ލަޠީފް ވިދާޅުވެއްޖެއެވެ. އެޗްއީއޯސީގައި ޓެގް ޓީމުގެ ފަރާތުން މިރޭ ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަޠީފް ވިދާޅުވީ ފްރޮންޓްލައިން ގިނަ ބަޔަކު ވަރުބަލި ވުމުގެ އިތުރަށް ގިނަ ޢަދަދެއްގެ ފްރޮންޓްލައިން ހަރަކާތްތެރީން ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ޑރ. ލަޠީފް ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިބަލީގައި ގިނަ […]

އަނެއްކާވެސް ކޯވިޑް ބަލީގެ އިތުރު މަރެއް
Raajje

އަނެއްކާވެސް ކޯވިޑް ބަލީގެ އިތުރު މަރެއް

ކޯވިޑް-19 ބަލީގައި ރާއްޖެއިން 62 އަހަރުގެ ބަންގްލަދޭޝް މީހަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިރޭ 8:02 ގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް16ގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 62 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 26 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. މިއީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ ކޯވިޑް […]

ކޯވިޑް-19: މިއަދު 194 މީހުން ޕޮޒިޓިވްވެއްޖެ
Raajje

ކޯވިޑް-19: މިއަދު 194 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 194 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހީންނާއި، 16 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 7 މީހަކާއި، ލަންކާ މީހަކާއި، ނޭޕާލް މިހަކާއި، ތައިލެންޑް މީހަކާއި އަދި އިޓަލީ މީހެކެވެ. މިއަދު އަލަށް ޕޮޒިޓިވް […]

މިއަދު ވެސް ރާއްޖެއިން 146 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ
Raajje

މިއަދު ވެސް ރާއްޖެއިން 146 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 146 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، 21 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 2 މީހަކާއި ސްރީލަންކާ 5 މިހަކާއި، އަދި ފިލިޕީންސް މީހެކެވެ. މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ […]

ކޯވިޑް ބަލީގައި 41 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 41 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖެއިން 41 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:34 ގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 24 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. މިއީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ ކޯވިޑް ބަލީގައި ނިޔާވި […]

ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު މަރެއް!
Raajje

ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު މަރެއް!

ކޯވިޑް- 19 ބަލީގައި އިތުރު ދިވެއްސަކު މަނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 5:36 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އޮތް އުމުރުން 64 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 23 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އޯގަސްޓް 14 ވަނަ ދުވަހު އުމުރުން 61 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު […]