ކުޅުދުއްފުށީ ހޮސްޕިޓަލުން 3060 ޓެސްޓު ހަދައިފި، ޖުމްލަ 54 މީހުން ޕޮޒިޓިވް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިހާތަނަށް ޖުމްލަ 3060 ޓެސްޓު ހަދާފައިވާއިރު އޭގެ ތެރެއިން 54 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ކޭއާރުއެޗް އިން ހާމަކޮށްފި އެވެ. ކޭއާރުއެޗްގެ މެނޭޖަރު އަހުމަދު ދާއޫދު “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިއަދުގެ ނިއަލަށް އެހޮސްޕޓަލުން 3060 ކޯވިޑް ޓެސްޓު ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން 54 ފަރާތެއް ޕޮޒިޓިވް ވެފައިވާކަމަށެވެ. ކޭއާރު އެޗްގައި ކޯވިޑް19 އަށް ޓެސްޓުކުރަން ފަށާފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ. […]