ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް
ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޯވިޑު ބަލީގައި ރާއްޖެއިން މަރުވި 44 ވަނަ މީހާއެވެ. އަދި މި ބަލީގައި އިއްޔެ ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް […...