Skip to main content
Topic Archive

#ކޯވިޑް-19

355 Stories filed
ކޯވިޑް-19: 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ
Raajje

ކޯވިޑް-19: 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

ކޯވިޑް-19ގައި ރާއްޖެއިން 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 51 ވަނަ މީހާއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކަމަށެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 04:27 ގައި ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވި އެވެ. މިއަދު ކޮވިޑް-19 ޖެހިގެން ނިޔާވި […]

''ކޮވިޝީލްޑް'' އަކީ ރައްކާތެރި ވެކްސިނެއްތަ؟
Report

''ކޮވިޝީލްޑް'' އަކީ ރައްކާތެރި ވެކްސިނެއްތަ؟

ކޮރޯނާ ވައިރަސްގެ ބަލާއާފާތުން މިންޖުވެ، ހަމަ ނޭވާއެއްލުމަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާތާ އަހަރަކަށް ވުރެވެސް ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ދުނިޔެއަށް އުންމީދުގެ އަލިކަމެއް ގެނެސްދީފައިވަނީ ދުނިޔޭގެ ޤައުމުތަކުގައި އުފައްދުމުގެ އެކި މަރުހަލާތައް ކަޑައްތު ކޮށްފައިވާ ކޯވިޑް-19ގެ ވެކްސިންތަކުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބަށް ބަލާއިރު ކޯވިޑަށް ފަރުވާއެއް ހޯދުމަށް 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުން ގަޔަށް ޖަހައިގެން ތަހުލީލު ކުރުމުގެ މަރުހަލާގައިވާއިރު، 173 ވެކްސިނެއް...

ކޯވިޑް-19: ޣާޒީ ސްކޫލުގެ ޓީޗަރަކު އަދި ޖޭއެސްގެ ދަރިވަރެއް ޕޮޒިޓިވް ވެއްޖެ
Raajje

ކޯވިޑް-19: ޣާޒީ ސްކޫލުގެ ޓީޗަރަކު އަދި ޖޭއެސްގެ ދަރިވަރެއް ޕޮޒިޓިވް ވެއްޖެ

މާލޭ ސިޓީގެ، ހުޅުމާލޭގައި ހުންނަ ޣާޒީ ސުކޫލުގެ ޓީޗަރަކާއި، މާލޭގައި ހުންނަ ޖަމާލުއްދީން ސުކޫލް (ޖޭއެސް)ގެ ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބުނީ ޣާޒީ ސުކޫލުން ޕޮޒިޓިވްވެފައިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެއް ކަމަށެވެ. އެ ޓީޗަރު ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. ޕޮޒިޓިވްވި ޓީޗަރާއު 12 މީހަކު ވަނީ ކޮންޓެކްޓްވެފައިވާއިރު، އަދިވެސް ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޗްއީއޯސިީން ބު...

ބިލަބޮންގްގެ ހަތަރު ދަރިވަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ
Raajje

ބިލަބޮންގްގެ ހަތަރު ދަރިވަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

މާލޭ ސިޓީގެ މާލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ 4 ދަރިވަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްއީއޯސީން ބުނީ ބިލަބޮންގްގެ ހަތަރު ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކުދިން ސްކޫލަށް ގޮސްފައި ނުވާ ކަމަށެވެ. އަދި ކޭސްތަކާއި ގުޅިގެން ކުރިއަށްދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެއްވެސް އެ ސްކޫލްގެ އެއްވެސް މުވައްޒަފަކާއި، ދަރިވަރަކު އެކަހެރިކޮށްފައި ނުވާނެ ކަމަށެވެ. އެ ސްކޫލުން ޕޮޒިޓިވްވި ހަތަރު ދަރިވަރުންނަކީ އެއް އާއިލާއަކަށް...

އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Raajje

އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މާލޭ ސިޓީގެ، މާލޭގެ އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދޭ ބިދޭސީ ޓީޗަރެކެވެ. އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާއާއި ޑައިރެކްޓް ކޮންޓެކްޓުވީ ހުރިހާ ޓީޗަރުން މިިހާރު ވަނީ 14 ދުވަހަށް ކަރަންޓީންކޮށްފައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ. ކޯވިޑްގެ ސަބަބުން ބަންދުކުރި، މާލޭ ސަރަހައްދުގެ ސްކޫލުތައް ހުޅުވާފައިވަނީ ދިހަ މަހަށްފަހު މިދިޔަ އާދިއްތަ ދުވަހުއެވެ. އަލުނ...

ކޯވިޑް ބަލީގައި ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ
Raajje

ކޯވިޑް ބަލީގައި ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ

ކޯވިޑަށް ޕޮޒިޓިވްވެ، ހާލުކޮޅު ދެރަވުމުން އެޑްމިޓްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ރިޓަޔާޑް ޖަސްޓިސް މުޖްތާޒް ފަހުމީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީއިރު ކޯވިޑް ބަލީގެ ސަބަބުން ހާލުކޮޅު ދެރަވުމުގެ ސަބަބުން އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އުމުރުން 61 އަހަރުގެ މުޖުތާޒް ކޯވިޑަށް ޕޮޒިޓިވްވީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށްކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ...

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި، ސްކޫލްތައް ވެސް ހުޅުވާލަނީ
International

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި، ސްކޫލްތައް ވެސް ހުޅުވާލަނީ

ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އަނެއްކާވެސް އިތުރު ކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ. ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު ދިހަ ވަނަ ފަހަރަށް އިތުރު ކުރައްވާފައި ވަނީ، އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯވިޑްގެ ބަލި މަޑުކަމާއި ގުޅިގެން، […]

ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފި
Raajje

ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގާފައިވާ ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފިއެވެ. އެކަން ހާމަކުރެއްވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރެފައިވާ އެންގުމެއްގައިއެވެ. އެ އެންގުމެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ސަރައްދުގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައި އޮތ...

ފިޔަވަޅުތަކަށް ލުއިދީ، ހަފްލާތަކާއި ކުޅިވަރު މުބާރަތްތައް ބާއްވަން ހުއްދަ ދީފި
Raajje

ފިޔަވަޅުތަކަށް ލުއިދީ، ހަފްލާތަކާއި ކުޅިވަރު މުބާރަތްތައް ބާއްވަން ހުއްދަ ދީފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަނެއްކާވެސް ބަދަލުގެނެސްފިއެވެ. މިގޮތުން މިފަހަހަރު ގެނައި ބަދަލުތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ވަނީ އާންމު ކުރަށްވާފައެވެ. މިގޮތުން ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު މުބާރާތްތަ...

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް
Raajje

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސްފިއެވެ. އެބަދަލުތައް ގެނައިކަން އެޗްޕީއޭއިން ހާމަކުރަށްވާފައިވަނީ އެ އެޖެންސީއިން އާންމު ކުރި ޢިއުލާނެއްގައެވެ. މިގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސ...

ކުދި އަދި މެދު ފަންތީގެ ޤައުމުތަކަށް ޚާއްސަކޮށް 1 ބިލިޔަން ޑޯޒްގެ ވެކްސިން ވަނީ ރައްކާކުރެވިފައި - ޑަބްލިޔުއެޗްއޯ
International

ކުދި އަދި މެދު ފަންތީގެ ޤައުމުތަކަށް ޚާއްސަކޮށް 1 ބިލިޔަން ޑޯޒްގެ ވެކްސިން ވަނީ ރައްކާކުރެވިފައި - ޑަބްލިޔުއެޗްއޯ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އެ ޖަމިއްޔާގެ ފަރާތުން ކުދި އަދި މެދު ފަންތީގެ ޤައުމުތަކަށް ޚާއްސަކޮށްގެން 1 ބިލިޔަން ޑޯސޭޖްވަނީ ކޯވިޑް-19 އާއި ދެކޮޅަށް ހަދަމުންދާ އެންމެ ކުރީސަފުގައިވާ ވެކްސިންތަކުން ރައްކާކޮށްފައެވެ. އެ ޖަމިއްޔާގެ ‘ކޯވެކްސް’ ޕްރޮގުރާމްގެ ދަށުން މިހާތަނަށް 189 ޤައުމެއް ބައިވެރިވެފައިވާކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްތަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ވަނީ ވިދާޅުވެފައެވެ. އެ ޖަމިއްޔާއިން މި ވަގުތު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަސައްކަ...

ރަޝިޔާއިން އުފެއްދި ވެކްސިންގެ 100 މިލިޔަން ޑޯޒް އިންޑިޔާގައި އުފައްދަނީ
International

ރަޝިޔާއިން އުފެއްދި ވެކްސިންގެ 100 މިލިޔަން ޑޯޒް އިންޑިޔާގައި އުފައްދަނީ

ކޯވިޑް-19 އާއި ދެކޮޅަށް ރަޝިޔާއިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ސްޕަޓްނިކް ވެކްސިންގެ 100 މިލިޔަން ޑޯޒް އުފެއްދުމަށް އަވައްޓެރި އިންޑިޔާއިން ތައްޔާރުވެއްޖެއެވެ. އިންޑިޔާގެ ބޭސް އުފެއްދުމުގައި ނަން މަޝްހޫރު ހެޓެރޯ އިން މި ވެކްސިންގެ 100 މިލިޔަން ޑޯސޭޖް އުފައްދާނެކަމަށް މިހާރުވަނީ ބުނެފައެވެ. “ހެޓެރޯ، އިންޑިޔާގެ އެންމެ މަޝްހޫރު އެއް ބޭސް އުފައްދާ ކުންފުނި މިހާރުވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރެޖިސްޓަރ ކޮށްފައިވާ ފުރަތަމަ ވެކްސިންގެ100 މިލިޔަން ޑޯސޭޖް އުފެއްދުމަށް އެއްބަސްވެފައި.” . ރަޝިޔަ...

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ
International

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖެ އިން ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި، އޭނާ ނިޔާވެފައިވަނީ މެންދުރުފަހު 14:09 ހާއިރު ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައިވެ އެވެ. ކޯވިޑް-19 ބަލީގައި ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން، ރާއްޖެ އިން މިހާތަނަށް ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 46 އަށް […]

އަމިއްލައަށް ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ކިޓުތަކަކަށް އެފްޑީއޭ އިން ހުއްދަ ދީފި
International

އަމިއްލައަށް ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ކިޓުތަކަކަށް އެފްޑީއޭ އިން ހުއްދަ ދީފި

އަމިއްލައަށް ކޯވިޑް19 އަށް ޓެސްޓު ކުރެވޭ ކިޓު ތަކަކަށް ފުރަތަމަ ފަހަރަށް ހުއްދަ ދީފައިވާކަމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނެފި އެވެ. ރޮއިޓާރސްއިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ 30 މިނެޓު ތެރޭގައި ނަތީޖާ ލިބޭ ކިޓު ތަކެކެވެ. ލުސީރާ ހެލްތު އިން ހަދާފައިވާ މި ކިޓު ތަކަށް އެފްޑީއޭ އިން ހުއްދަ ދީފައިވަނީ، އިމަރޖެންސީގެ ހާލަތްތަކުގައި ބޭނުން ކުރުމަށެވެ. އަދި ނޭފަތަށް ކޮއްޕައިގެން ނަގާ ސާންޕަލް އަމިއްލަ އަށް ނެގޭނީ […]

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 45 އަށް
Raajje

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 45 އަށް

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 72 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްޕީއޭ އިން ވިދާޅުވީ މިރޭ އައިޖީއެމްއެޗް އީއާރް އަށް ގެންދިޔަ 72 އަހަރުގެ އެމީހާ ނިޔާވީ އިރުއޮއްސި 06:36 ގައި ކަމަށެވެ. އޭނާ ނިޔާވުމާއި ގުޅިގެން  ރާއްޖޭގައި އޮންނަ ސިއްހީ ޕްރޮޓޮކޯލްގެ ދަށުން އޭނާ ކޮވިޑް އަށް ޓެސްޓް ކުރެވި ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ . މިރޭ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން ރާއްޖެ އިން […]