Skip to main content
Topic Archive

#ކޯވިޑް-19

355 Stories filed
ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި
Raajje

ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާނެކަމަށް އިއުލާނުކޮށްފައިވާ، 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ދެވަނަ ބެޗް މިއަދު ރާއްޖެ ގެނެސްފިއެވެ. މިއާއިއެކު ޗައިނާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި ސިނޮފާމް ވެކްސިންގެ 2 ލައްކަ ޑޯޒް މިވަނީ ރާއްޖެ ގެނެވިފައެވެ. މި ވެކްސިންގެ ފުރަތަމަ ބެޗް، 1 ލައްކަ ޑޯޒް ދިވެހި ސަރުކާރާއި ހަވާލުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނޮފާމް ވެކްސިންގެ ބާކީ […]

އިންޑިއާއިން ގަނެގެން 1 ލައްކަ ޑޯޒު ކޯވިޑް ވެކްސިކް ގެނެސްފި
Raajje

އިންޑިއާއިން ގަނެގެން 1 ލައްކަ ޑޯޒު ކޯވިޑް ވެކްސިކް ގެނެސްފި

ދިވެހި ސަރުކާރާއި، ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއިން ގަންނަން އެއްބަސް ވެފައިވާ 2 ޑޯޒު ލައްކަ ކޮވިޝީލްޑް ވެކްސިންގެ ތެރެއިން 1 ލައްްކަ ޑޯޒު މިއަދު ރާއްޖެ ގެނެސްފިއެވެ. ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުއާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި އެކު މި އެއްބަސްވުން ގާއިމުކޮށްފައި […]

ހިންނަވަރުން ނިޔާވެގެން ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެއްޖެ
Raajje

ހިންނަވަރުން ނިޔާވެގެން ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެއްޖެ

ޅ. ހިންނަވަރުން އެ އަތޮޅު ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލްއަށް ނިޔާވެގެން ގެންދިޔަ މީހެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ޅ. ހިންނަވަރުން އެ ހޮސްޕިޓަލަށް ގެންދެވުނުއިރު ނިޔާވެފައިވާ މައްޔިތާގެ ސާމްޕަލް ކޯވިޑް 19 ޕޮޒިޓިވްވެފައިވާ ކަމަށެވެ. ހިންނަވަރުން، ޅ. އަތޮޅު ހޮސްޕިޓަލްއަށް ގެންދިޔަ ނިޔާވެފައިވާ މީހެއް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު، ހިންނަވަރުން ވަނީ މިމަހުގެ 24 ވަނަ ދުވަހު ޕޮޒިޓިވް ކޭހެއް ފެނިފައެވެ. ހިންނަވަރުން ސިއްހީ މަރުކަޒުން ހާމ...

މޮޅަދޫން 2 ބިދޭސިއަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

މޮޅަދޫން 2 ބިދޭސިއަކު ޕޮޒިޓިވްވެއްޖެ

ހއ. މޮޅަދޫ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، މޮޅަދޫން ޕޮޒިޓިވްވި 2 ބިދޭސިންނަކީ، އެރަށުގެ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތްކުރަން އެރަށަށް ގޮސް، ހޯމް ކަރަންޓީނުގައި ތިބި 15 ބިދޭސީންގެ ތެރެއިން 2 މީހުންކަމަށެވެ. ”އެ 15 ބިދޭސީން ވެސް ތިބީ ކަރަންޓީނުގައި، ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން 2 މީހުން މި...

ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. އެ ސިޓީ މޮނިޓަރިން ހާލަށް ގެނައީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި އަށް ޅ. ނައިފަރުން ގެނެވުނު ބަލިމީހަކާއި، އޭނާގެ އެހީތެރިޔާ ކޯވިޑަށް ޕޮޒިޓިވްވެ، އެ ކޭހާއި ގުޅިގެން ޖުމްލަ 4 މީހަކު ޕޮޒިޓިވްވުމުންނެވެ. ކެއާރުއެޗްއިން ވިދާޅުވީ، މި ހާތަނަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމާއެކު މޮނިޓ...

Thiladhunmathi News

ކުޅުދުއްފުށިން ނެގި ސާމްޕަލްތައް ނެގެޓިވް: ކޭއާރުއެޗް

ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި، ނެގި 133 ސާމްޕަލެއް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. ކޭއާރުއެޗްއިން ބުނީ އެ 133 ސާމްޕަލްގެ ތެރޭގައި ހިމެނެނީ، ރިލީޒް ސާމްޕަލްއާއެކު މި ދެ ދުވަހު ކުޅުދުއްފުށިންނާއި ކައިރި ބައެއް ރަށްރަށުން ޕޮޮޒިޓިވް ވި ކޭސްއާ ގުޅިގެން ނެގިފައިވާ ސާމްޕަލްތައް ކަމަށެވެ. މި ހާތަނަށް ޕޮޒިޓިވް ވީ ކޭސްތަކާ ގުޅިގެން 200 ސާމްޕަލް ވަނީ ނެގިފައިވާ ކަމަށާއި، އޭގެތެރެއިން 70 ސާމްޕަލް ނެގެޓިވް ކަމަށް އެ ހޮސްޕިޓަލުން […]

ކުޅުދުއްފުށިން އިއްޔެއާއި މިއަދު 125 ސާމްޕަލެއް ނަގައިފި، ނަތީޖާ މިރޭ!
Thiladhunmathi News

ކުޅުދުއްފުށިން އިއްޔެއާއި މިއަދު 125 ސާމްޕަލެއް ނަގައިފި، ނަތީޖާ މިރޭ!

ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި، ކުޅުދުއްފުށީ ސިޓީއިން އިއްޔެއާއި މިއަދު 125 ސާމްޕަލެއް ނެގިފައިވާ ކަމަށް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. ކޭއާރުއެޗްއިން ބުނެފައިވަނީ، މި ސާމްޕަލްސްތަކުގެ ނަތީޖާ އެންމެ ލަސްވެގެން މިރޭގެ ވަގުތެއްގައި ލިބޭނެ ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނެގޭނީ މިރޭގެ އެ ސާމްޕަލްތަކުގެ ނަތީޖާ އަންނަ ގޮތަކުން ކަމަށް ލަފާކުރެވޭ ކަމަށެވެ. ”އިއްޔެ އަދި މިއަދު އަޅުގަނޑުމެން ވާނީ 125 ކޮވިޑް ސާމްޕަލްސް ނަގާފައި. މި...

ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 22 އަށް!
Thiladhunmathi News

ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 22 އަށް!

ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި”އިން އިތުރު ކުއްޖަކާއި، ކުދިން ބަލަހައްޓާ 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ވެއްޖެއެވެ. އެހެންކަމުން އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 12 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި ހުރިހާ މީހުން މިހާތަނަށް މިވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ. އެތަނުގައި ޕޮޒިޓިވްނުވެ، ތިބީ 3 ކުއްޖެކެވެ. އެ ކުދީން ތެރެއިން އެއްކުއްޖެއްގެ ނަތީޖާ އަދި ނުލިބޭއިރު، އަނެއް 2 ކުދިންގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ. މި […]

މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފި
Raajje

މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލުއިދީފިއެވެ. މިގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އެންގި އެންގުން ވަނީ ބާތިލްކޮށްފަ އެވެ. މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތީ އިރުއޮއްސި6 އިން […]

މެމްބަރު ޝިޔާމް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ
Parliament

މެމްބަރު ޝިޔާމް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ޕީޕީއެމްގެ ކައުންސިލް މެންބަރ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ޝިޔާމް ޕާޓީގެ ހަރަކާތްތަކުގައި ނޫޅުއްވާތާ މިހާރު ދުވަސްކޮޅެއްވެފައިވާކަމަށެވެ. އެހެންކަމުން ޕާޓީ ތެރޭގައި ޝިޔާމްގެ ޑައިރެކްޓް ކޮންޓެކްޓެއް ހުންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ”ޝިޔާމްގެ މަޖިލިސް މަސައްކަތްތައް ހުރިގޮތުން...

ޗައިނާއިން ހަދިޔާ ކުރި ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ ޖަހަން ފަށަނީ
Raajje

ޗައިނާއިން ހަދިޔާ ކުރި ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ ޖަހަން ފަށަނީ

މާދަމާއިންފެށިގެން، ޗައިނާ ސަރުކާރުން ހަދިޔާކުރި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ. މިގޮތުން މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އިން ހުއްދަ ދީފައިވާ ޗައިނާގެ ސިނޯފާމް ވެކްސިން ކަމަށް އެ […]

ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީއަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީއަކު ޕޮޒިޓިވްވެއްޖެ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން މަސައްކަތެއް ކުރުމަށްޓަކައި ކުޅުދުއްފުށީ ސިޓީއަށް ދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ”ތިލަދުން”އަށް ވިދާޅުވީ، ރަސްމީކޮށް ނޫންނަމަ ވެސް އެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ. ޕޮޒިޓިވްވި ބިދޭސީ މީހާއަކީ 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެކު ރާއްޖެއައި މީހެއް ކަމަށާއި، އެމީހާ ކުޅުދުއްފުއްޓަށް ދަތުރުކުރީ މާލޭން ވެސް ކޯވިޑްއަށް ޓެސްޓް ކުރުމަށ...

ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް ކޭސްތަކަކާއި ގުޅިގެން، ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެވުނުތާ 17 ދުވަސް ފަހުން އެރަށް އެ ހާލަތުން ނަގައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ މިރޭ އިރުއޮއްސި 18:17 ގައެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ […]

އިތުރު 2 ވެކްސިނެއް ރާއްޖޭގައި ބޭނުންކުރަން ހުއްދަދީފި
Raajje

އިތުރު 2 ވެކްސިނެއް ރާއްޖޭގައި ބޭނުންކުރަން ހުއްދަދީފި

ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި އިތުރު 2 ވެކްސިނަށް ދިނުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ދީފި އެވެ. މިގޮތުން އެފްޑީއޭއިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ، އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިނާއި، ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފައްދާފައިވާ ވެކްސިންއަށެވެ. މި ދެ ވެކްސިނަށް ހުއްދަ ދިންކަން ހާމަކޮށްފައިވަނީ ހެލްތު އެމަރޖެންސީ އޮޕަރޭޝ...

ވެކްސިން ޖެހި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް!
Raajje

ވެކްސިން ޖެހި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް!

ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުފެށި ގައުމީ ކެމްޕެއިން ”ކޯވިޑް-19 ދިފާއު”ގެ ދަށުން އިއްޔެގެ ނިޔަލަށް 2 ލައްކައަަށްވުރެ ގިނަ މީހުން ރާއްޖޭގައި ކޯވިޑް ވެކްސިންޖަހައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރަށްވާފައި ވާގޮތުގައި އިއްޔެ އެކަނި ވެސް ރާއްޖޭގައި 7،908 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލޭ އޭރިއާއިން ވެކްސިން ޖެހި 4،941 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 2،967 މީހުންނެވެ. މިގޮތުން އިއްޔެގެ ނިޔަަލަށް […]