Skip to main content
Topic Archive

#ކޯވިޑް-19

355 Stories filed
އަންގާރަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ!
Raajje

އަންގާރަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ!

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި […]

ދިއްދޫއަށް އިތުރު ސިހުމެއް، 14 މީހަކު ޕޮޒިޓިވްވެއްޖެ!
Thiladhunmathi News

ދިއްދޫއަށް އިތުރު ސިހުމެއް، 14 މީހަކު ޕޮޒިޓިވްވެއްޖެ!

ހއ. ދިއްދޫއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ރޭ ވަނީ 28 މީހެއްގެ ސާމްޕަލް ނަގާފައެވެ. މިއަދު ޕޮޒިޓިވްވީ އެ 28 މީހުންގެ ތެރެއިން 14 މީހެކެވެ. އަނެއް 14 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ. އިއްޔެގެ ޕޮޒިޓިވް ކޭހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ރޭގެ އިރާކޮޅު ދިއްދޫ […]

ކޯވިޑް ބަލީގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 39 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 74 ވަނަ މީހާއެވެ. ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. މިއަދު ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޕޮޒިޓިވްވީ 465 މީހުންނެވެ. އޭގެ ކުރީ ދުވަހު 318 މީހުންނެވެ. މިވަގުތު ރާއްޖޭގައި […]

އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް
Raajje

އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް

އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ. މިގޮތުން މިއަދު އެޗްޕީއޭއިން އެންގި އެންގުމުގައި ބުނެފައިވަނީ މިހާލަތަކީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވ...

ރަށަށް ދާން މިހާރު ހިލޭ ޕީސީއާރް ޓެސްޓް ހެދޭނެ!
Raajje

ރަށަށް ދާން މިހާރު ހިލޭ ޕީސީއާރް ޓެސްޓް ހެދޭނެ!

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ އުސޫލުގެ ތެރެއިން، ރަށަށް ދަތުރުކުރުމުގައި ދީފައިވާ ލުއިތަކުގެ ތެރެއިން ދަތުރުކުރާ ނަމަ އެކަމަށް ހައްދަންޖެހޭ ޕީސީއާރް ޓެސްޓް ފްލޫ ކްލިނިކްތަކުން ހިލޭ ހަދައިދޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ. މިމަހުގެ 16 ވަނަ އެޗްޕީއޭއިން ވަނީ 20 އޭޕްރިލް 2021 އިން ފެށިގެން އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް […]

ކޯވިޑް ބަލީގައި 80 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 80 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލި ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ އެވެ. މިފަހަރު ނިޔާވެފައި ވަނީ 80 އަހަރުގެ ފިރިހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ. އެ މީހާއަކީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާ ނިޔާވެފައިވަނީ ހޯމަ ދުވަހުގެ ރޭ 11:25 ހާއިރުކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވާފަ ވެއެވެ. މިއީ ވޭތިވެދިޔަ 4 ދުވަސް ތެރޭގައި ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި 4 ވަނަ މީހާއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މި ބަލީގައި […]

ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެމީހާއަކީ އެރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރި މީހެކެވެ. އެމީހާއަކީ ހޯމް ކަރަންޓީނުގައި ހުރިމީހެއްކަމުން އޭނާއާއި އިތުރު މީހަކާއި ބައްދަލުވެފައިވާކަމެއް އަދި ފާހަގަ ކުރެވިފައެއްނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް “ތިލަދުން” އަށް ވިދާޅުވީ، އެރަށުން މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެ ރަށަށް ގޮސް ހޯމް ކަރަންޓީން ފުރިހަމަ ކުރިމީހެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން [...

ކޯވިޑް ބަލީގައި އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެ، ޢަދަދު 69 އަކަށް
Raajje

ކޯވިޑް ބަލީގައި އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެ، ޢަދަދު 69 އަކަށް

މިއަދު އަނެއްކާވެސް ރާއްޖެއިން އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ހަވީރު ނިޔާވީ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ ޙާލުބޮޑުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ވިދާޅުވެ އެވެ. އެމީހާ ނިޔާވީ މިއަދު 16:00 ހާއިރުއެވެ. މިމީހާ ހޮސްޕިތަލަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތްކަމަށާ، ގެންދިޔަތާ ކުޑަ އިރުކޮޅެެއްގެތެރޭގައި ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މި...

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް!
Raajje

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް!

ކޯވިޑް ބަލީގައި މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެއް ކަމަށެވެ. އެމީހާއަކީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މިއަދު މެންދުރުކުރި 11:12 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. އެންމެ ފަހުން ރާއްޖެއިން މިބަލީގައި މީހަކު ނިޔާވެފައިވަނީ ހުސްވި މާރިޗް މަހުގެ 31ވަނަ ދުވަހުއެވެ. ރާއްޖެއިން...

ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފި
Raajje

ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފި

ކޯވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުގެނެސް، ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފިއެވެ. އެ އުސޫލު އާންމުކުރަށްވައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރުނު އެންގުމުގައި ބުނީ، 2021 އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ލުއިތައް ދިނުމަށް ނިންމާފައިވާ ފިޔަވަޅުތައް އާންމުކުރާ ކަމަށެވެ. މިގޮތުން 20 އޭޕްރިލް 20...

ކޯވިޑް ކޭސްތައް ގިނަވެ އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް ލޮކްޑައުނަށް
International

ކޯވިޑް ކޭސްތައް ގިނަވެ އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް ލޮކްޑައުނަށް

ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް، މަހަރާޝްތުރާ ލޮކްޑައުން ކޮށްފިއެވެ. އެ ސްޓޭޓް ލޮކްޑައުން ކުރީ އަންގާރަ ދުވަހުގެ ހަވީރުން ފެށިގެންނެވެ. އެ ސްޓޭޓުގެ ކޭސްތައް އިތުރުވެ އޮކްސިޖަން ވެސް ހުސްވާން ވަނީ ކައިރިވެފައެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ގައުމުގެ ކޭސްތައް އިތުރުވާން ފެށީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، ދީނީ ފެސްޓިވަލްތައް ބޭއްވުމާއި ސިޔާސީ އެއްވުންތަކާއި ކްރިކެޓް މެޗުތައް ބަލަން މީހުން ވަންނަން ހުއްދަ […]

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖަހަން ފަށާނެ!
Raajje

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖަހަން ފަށާނެ!

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިނެއްކަމަށްވާ، ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް މިއަދު ޖަހަން ފަށާނެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާގޮތުން މިއަދު ދެވަނަ ޑޯޒް ޖަހަން ފަށާނީ، ފެބްރުއަރީ 4-1 އާއި ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށެވެ. މިއަދު ދެވަނަ ޑޯޒް ޖެހުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ މަރުކަޒުތަކުގައި ވެކްސިން […]

މާލެ ސަރަހައްދުގެ ކާފިއު ނިމުމަކަށް
Raajje

މާލެ ސަރަހައްދުގެ ކާފިއު ނިމުމަކަށް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްލުއިދީ، މާލެ ސަރަހައްދުގެ ކާފިއު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި އެންގުމުގައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. މިއާއިއެކު...

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖޭގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، އެމީހާއަކީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމަށް މިއަދު 12:27ގައި ގެންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ12:35 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 67 ވަނަ މީހާއެވެ. ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެފައިވާއިރު، މާލެ ސަރަހައްދުގައި ހަލުވިކަމާއެކު އަދިވެސް މި ބަލި ދަނީ...

އޭޕްރިލް 3 އިން ފެށިގެން ވެކްސިންގެ 2 ވަނަ ޑޯޒް ފަށަނީ
Raajje

އޭޕްރިލް 3 އިން ފެށިގެން ވެކްސިންގެ 2 ވަނަ ޑޯޒް ފަށަނީ

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މިފެށޭ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖެގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޤައުމީ ކެމްޕޭން ”ކޯވިޑް-19 ދިފާޢު” ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ރާއްޖޭގައި ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 56 […]