48 ގަޑިއިރުތެރޭ ކޯވިޑްގެ 8 ވަނަ މަރު!
ރާއްޖެއިން އަނެއްކާ ވެސް އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެ އެވެ. ހެލްތް ޕޮރެޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މެންދުރު 2:46 ގައި ނިޔާވެފަ ވާކަމަށެވެ. މިއީ މިދިޔަ 48 ގަޑިއިރުތެރޭގައި ނިޔާވި 8 ވަނަ މީހާއެވެ. މިއާއިއެކު ރާއްޖެއިން މިބަލީގަ ނިޔާވި މީހުންގެ ޢަދަދު 82 އަށް އެރީއެވެ. މިއަދު ފުރަތަމަ ނިޔާވީ ކ. މާފުށީގައި […]