Skip to main content
Topic Archive

#ކޯވިޑް-19

355 Stories filed
ހއ. އަމާންވެއްޓަށް ގެންދިޔަ ކުއްޖަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ހއ. އަމާންވެއްޓަށް ގެންދިޔަ ކުއްޖަކު ޕޮޒިޓިވްވެއްޖެ

ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި”އަށް ގެންދިޔަ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، އެ ކުއްޖާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުއްޓާ ކަމަށެވެ. އަދި އެކުއްޖާ ވަނީ ހއ. އަމާންވެށި/ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައި ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް...

ވެކްސިން ގަތުމަށް މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތް ހަދައިފި
Raajje

ވެކްސިން ގަތުމަށް މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތް ހަދައިފި

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިންގަތުމަށްޓަކައި، މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީއިން މިގޮތަށް ނިންމިކަން ހާމަކުރީ ރޭ ނެރުނު ”ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް ޢަމަލުކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމާބެހޭ ޤަރާރު” އިން ނެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި، ރޭ ނެރުނު ގަރާރުގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވ...

މާލެ ސަރަހައްދުގެ ކާފިއު ދަންމާލައިފި
Raajje

މާލެ ސަރަހައްދުގެ ކާފިއު ދަންމާލައިފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތަށް އިތުރު ހަފްތާއެއް އިތުރުކޮށްފި އެވެ. އެކަން ބަޔާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ އާންމުކުރި އެންގުމުގައި ބުނީ، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް އާންމު ރަ...

ބާރަށުގެ ޢަދަދުމައްޗަށް، އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ބާރަށުގެ ޢަދަދުމައްޗަށް، އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު 2 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 33 އަށް އަރާފައެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ކަމަށެވެ. ”ބައްޔަށް ޝައްކުވެގެން އިއްޔެ ނެގުނު 4 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައި” ޢަލީ […]

ކޯވިޑް ވެކްސިންޖެހި 45 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ވެކްސިންޖެހި 45 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ވެކްސިން (ކޮވިޝީލްޑް) ޖެހިފަހުން އުމުރުން 45 މީހަކު މިއަދު ނިޔާވެއްޖެއެވެ. އެމީހާއަކީ އއ. މާޅޮހަށް އުފަން މީހެކެވެ. އެމީހާ ވެކްސިން ޖަހާފައި ވަނީ އިއްޔެއެވެ. އެމީހާ ނިޔާވީ މިއަދު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އެމީހާ މަސްވެރިކަމުގައި އުޅެނިކޮށް ހާލު ދެރަވެގެން ކ. ހިންމަފުށީ ސިއްހީ މަރުކަޒަށް ގެނެވުނީ މިއަދު ހެނދުނު ކަމަށާއި، އަދި 9:13 ގައި އެމީހާ ނިޔާވެފައި ވަކަމަށެވެ. އޭނާ ވެކްސިން ޖަހާފައި ވަނީ އިއްޔެ، […]

ބާރަށަށް އިތުރު ހާސްކަން، ޕޮޒިޓިވްވި ޢަދަދު 31 އަށް!
Thiladhunmathi News

ބާރަށަށް އިތުރު ހާސްކަން، ޕޮޒިޓިވްވި ޢަދަދު 31 އަށް!

ހއ. ބާރަށުން އިތުރު 6 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު ބަޔަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 31 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 6 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. ”އިތުރު 6 މީހެއް ޕޮޒިޓިވްވިކަން ވަނީ އަންގާފައި، އަދި ވެސް ނަތީޖާ ނުލިބޭ ސާމްޕަލް އެބަހުރި” ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވިއެވެ. […]

ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް
Thiladhunmathi News

ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް

ހއ. ބާރަށުން އިތުރ 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 3 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އެންމެ ފަހުން މާލެ ފޮނުވުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން […]

ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ
Raajje

ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ

ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް އިތުރު 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭންގް ލިޖޮންގް، ހުސްވި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ވަނީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން، އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ އިއްޔެ، […]

ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!
Thiladhunmathi News

ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!

ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ […]

އެއްފަހަރާ 5 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށް، ފިޔަވަޅުތައް ހަރުކަށިކޮށްފި
Raajje

އެއްފަހަރާ 5 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށް، ފިޔަވަޅުތައް ހަރުކަށިކޮށްފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަރުގަދަކޮށް، ބަދަލުގެނެސްފިއެވެ. އެބަދަލުތައް ގެނައިކަން އެޗްޕީއޭއިން ހާމަކުރަށްވާފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ރޭ އެ އެޖެންސީއިން އާންމު ކުރި އެންގުމެއްގަ އެވެ. މިއެންގުމުގައިވާގޮތުން އެ ފިޔަވަޅުތައް ވ...

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 64 އަށް!
Raajje

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 64 އަށް!

ހުއްޓުމެއްނެތި ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، އެބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 64 އަށް އަރައިފިއެވެ. މިއަދު ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މި ބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެ ބަލީގައި އިއްޔެ ނިޔާވީ، ދިގުމުއްދަތަކަށް ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއެކު، ދައ...

ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އިއްޔެ ބާރަށުން ނެގި 158 ސާމްޕަލްގެ ތެރެއިން މިހާތަނަށް 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރީއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން […]

ދިގު މުއްދަތަކަށް ސިފައިންގެއަށް ޚިދުމަތްކުރެއްވި ބޭކަލަކު ނިޔާވެއްޖެ
Raajje

ދިގު މުއްދަތަކަށް ސިފައިންގެއަށް ޚިދުމަތްކުރެއްވި ބޭކަލަކު ނިޔާވެއްޖެ

ދިގުމުއްދަތަކަށް ސިފައިންގެއަށް ޚިދުމަތް ކުރެއްވި، ގ. ގުޑްލައިފް/މާލެ، ރިޓަޔާޑް އަބުދުއްލަތީފް ހަސަން ނިޔާވެއްޖެއެވެ. އަބުދުއްލަތީފް ވަނީ ދިގުމުއްދަތަކަށް ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއެކު، ދައުލަތަށް ސާޅީސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވައި، ދެ ޕެންޝަން ފުރިހަމަ ކުރަށްވާފައެވެ. ނިޔާވިއިރު އަބުދުއްލަތީފްގެ އުމުރަކީ 67 އަހަރެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަބުދުއްލަތީފްގެ ހާލުކޮޅު ގޯސްވީ ކުއްލި އަކަށެވެ. އޭނާ ނިޔާވުމުން ކުރި ޓެސްޓުން ކޯވިޑަށް ޕޮޒިޓިވް ވުމާއެކު،...

ވެކްސިން ޖެހި މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެ
Raajje

ވެކްސިން ޖެހި މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެ

ރާއްޖެއިން ކޯވިޑް19 ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ރޭ އަންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެ ހަވީރު 18:00ގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 105،492 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އޭގެ ތެރެއިން 72،872 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 32،620 މީހުންނެވެ. އިއްޔެ އެކަނިވެސް ވަނީ ޖުމްލަ 6،073 މީހުންނަށް ވެކްސިން ދީފައެވެ. އެއީ […]

ދުވާފަރުން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Raajje

ދުވާފަރުން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރ. ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ދުވާފަރު ސިއްހީ މަރުކަޒުން ވިދާޅުވީ، މާލެއިން އެ ރަށަށް ދަތުރުކޮށް ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރި 5 މީހެއްގެ ކަރަންޓީނުން ވީއްލުމުގެ ކުރިން ނަގަންޖެހޭ ސާމްޕަލް މި މިމަހުގެ 25 ވަނަ ދުވަހު ނެގިފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކުގެ ނަތިޖާ ޕޮޒިޓިވް ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ. އެރަށުގައި ހޯމްކަރަންޓީނުގައި ތިބި ެމީހުން ހޯމްކަރަންޓީނުގެ އުސޫލާއެއްގޮތަށް އަމަލުކޮށްފައި ވުމުން އިތުރު މީހަކާބައްދަލުވެފައި [...