Skip to main content
Topic Archive

#ބޯހިޔާވަހިކަން

133 Stories filed
އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު މިއަދު ރައީސް އޮފީހުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ. ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ  ޗައިނާގެ ސިނޯހައިޑްރޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި...

"ރަސްމާލެ" ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
Business

"ރަސްމާލެ" ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގުމަށް މި ސަރުކާރުން ހިއްކަންފެށި، “ރަސްމާލެ” ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. ރަސްމާލެ ހިއްކަން އަލުން ފެށިކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު، “ރަސްމާލެ” ބިންހިއްކުމުގެ މި މަޝްރޫއު ރައީސް ޑރ. މުހައްމަދު އިފްތިތާހްކޮށްދެއްވާފައި ވަނީ 18 ޑިސެމްބަރު 2023 ގައެވެ. ފުށިދިއްގަރުފަޅުގައި މި ސަހަރު ބިނާކުރ...

4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރަނީ
Raajje

4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރަނީ

“ގެދޮރުވެރިޔާ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމުކުރާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވީ، އެ ފްލެޓްތަކަށް ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އެ މ...

''ހިޔާވެހި ފައިނޭންސް'' ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

''ހިޔާވެހި ފައިނޭންސް'' ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ލުއި ލޯނު ސްކީމް، ”ހިޔާވެހި ފައިނޭންސް”ގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ގެދޮރު އިމާރާތްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރެވިގެން “ހިޔާވެހި ފައިނޭންސިންގ” ނަމުގައި އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް މި ލޯން ސް...

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުނަގަން ފަށައިފި
Raajje

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުނަގަން ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު، ‏ބިންވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފިއެވެ. ގުޅިފަޅާއި ގިރާވަޅު ފަޅުން ހިއްކާ ބިމުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައަޅައި ގޯތިތަކުގެ ރަޖިސްޓްރީ ވެސް މީގެކުރީން ހަވާލުކޮށްފައިވީ ނަމަވެސް، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވުމުން، މި ގޯތިތަކުގެ ލޮކޭޝަންތަކަށް އައި ބަދަލާއެކު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމީ ގޯތި ލިބޭ މީހުންގެ މެދުގައި އަލުން ގުރުނަގާށެވެ. މިގޮތުން މާލޭގެ ދަރުބާރުގ...

‏ބިންވެރިޔާ ސްކީމްގެދަށުން އިތުރު ގޯތިތަކެއް ހަވާލުކޮށްފި
Raajje

‏ބިންވެރިޔާ ސްކީމްގެދަށުން އިތުރު ގޯތިތަކެއް ހަވާލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު، ‏ބިންވެރިޔާ ސްކީމްގެދަށުން އިތުރު ފަރާތްތަކަކާއި، އެ ފަރާތްތަކަށް ލިބުނު ގޯތިތައް ހަވާލުކޮށްފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ‏ބިންވެރިޔާ ސްކީމްގެދަށުން ގޯތި ލިބުނު އިތުރު ފަރާތްތަކަކާއި އެ ފަރާތްތަކަށް ލިބުނު ގޯތިތައް މިދިޔަ ދެ ދުވަހެއްގެ މަތިން ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތުން 29 އޮގަސްޓު 2024 ވީ ބުރާސްފަތި ދުވަހު ވަނީ 13 ގޯތި އަދި މިއަދު އިތުރު 10 ގޯތި އެ ގޯތިތަކުގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ […]

''ރިސޯޓު މުވައްޒަފުންނަށް ވީ ބޯހިޔާވަހިކަމުގެ ވައުދު ފަސް އަހަރު ނިމޭއިރު ފުއްދޭނެ''
Raajje

''ރިސޯޓު މުވައްޒަފުންނަށް ވީ ބޯހިޔާވަހިކަމުގެ ވައުދު ފަސް އަހަރު ނިމޭއިރު ފުއްދޭނެ''

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދު، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ފުއްދިގެންދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ، ރިސޯޓު މުވައްޒަފުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އ...

ހައުސިން ޔުނިޓްތަކުގެ ކުލި ގަވާއިދުން ދެއްކުމަށް އިލްތިމާސްކޮށްފި
Raajje

ހައުސިން ޔުނިޓްތަކުގެ ކުލި ގަވާއިދުން ދެއްކުމަށް އިލްތިމާސްކޮށްފި

މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލިން ބަޔެއް މައާފުކޮށްދިނުމުން ވެސް ގިނަބަޔަކު ކުލި ނުދައްކާތީ، ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ދިޔުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރ...

"ރަސްމާލެ ދެން ހިއްކާނީ ކޮންޓްރެކްޓަރަށް ބިންތަކެއް ދޭން ނުޖެހޭގޮތަށް، އެހެން މޮޑެލްއަކަށް"
Raajje

"ރަސްމާލެ ދެން ހިއްކާނީ ކޮންޓްރެކްޓަރަށް ބިންތަކެއް ދޭން ނުޖެހޭގޮތަށް، އެހެން މޮޑެލްއަކަށް"

ރަސްމާލެ ހިއްކުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު، “ރަސްމާލެ” ބިންހިއްކުމުގެ މި މަޝްރޫއު ރައީސް ޑރ. މުހައްމަދު އިފްތިތާހްކޮށްދެއްވާފައި ވަނީ 18 ޑިސެމްބަރު 2023 ގައެވެ. ފުށިދިއްގަރުފަޅުގައި މި ސަހަރު ބިނާކުރުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމޭނެ ކަމަށް ސަރުކާ...

ގިރާވަރުފަޅުން ދޫކޮށްފައިޗާ 1،347 ބިން ގުޅީފަޅަށް ބަދަލުކުރަނީ
Business

ގިރާވަރުފަޅުން ދޫކޮށްފައިޗާ 1،347 ބިން ގުޅީފަޅަށް ބަދަލުކުރަނީ

ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 1،347 ބިން، ގުޅީފަޅަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އެހެންވެ، އެފަދަ ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސްޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގެން ނެތް ކަމަށް އެ މިނ...

ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ފޯމްތަކުގެ ލިސްޓެއް އޭސީސީން މިނިސްޓްރީ އަށް ފޮނުވައިފި
Raajje

ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ފޯމްތަކުގެ ލިސްޓެއް އޭސީސީން މިނިސްޓްރީ އަށް ފޮނުވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ “ގެދޮރުވެރިޔާ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޝަރުތު ހަމަވެ، އެއްވެސް އިތުރު މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފިއެވެ. ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލ...

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ހަވާލުކުރުން ކުރިއަށްގެންދަން ހުއްދަ ދީފި
Business

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ހަވާލުކުރުން ކުރިއަށްގެންދަން ހުއްދަ ދީފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ ފުރަތަމަ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހުއްދަ ދީފިއެވެ. އޭސީސީގެ އެންގެމަކާ ގުޅިގެން 4000 ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލީ މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. އޭސީސީން އޭރު އެންގީ ކުރީ ސަރުކާރުން އެކަންކުރުމުގައި އުސޫލުތަކާއި ހިލާފުވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބެލުމަށެވެ. އޭސީސީން ބު...

ކުޅުދުއްފުށީގައި ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިގޮތެއް ފަހިކޮށްދީ ހައުސިން މަޝްރޫއުތައް އަވަސްކޮށްދިނުމަށް އެދިއްޖެ
Raajje

ކުޅުދުއްފުށީގައި ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިގޮތެއް ފަހިކޮށްދީ ހައުސިން މަޝްރޫއުތައް އަވަސްކޮށްދިނުމަށް އެދިއްޖެ

ހދ.  ކުޅުދުއްފުށި ސިޓީގައި ބަންޑާރަ ގޯތިލި ލިބި ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިގޮތެއް ފަހިކޮށްދީ، އެރަށުގައި ފަށާފައިވާ އަދި ފަށަން ޕްލޭންކޮށް ވަޢުދު ވެފައިވާ ހައުސިން މަޝްރޫއުތައް އަވަސްކޮށްދިނުމަށް ސިޓީ ކައުންސިިލުން ސަރުކާރުގައި އެދިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތައް އެދިފައި ވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދެ ނައިބު ވަޒީރަކާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ. އެ ބައްދަލުވުމާއިގުޅޭގޮތުން ސިޓީ ކައުންސިލުން މިއަދު ބުނީ ގެދޮރުވެރިކަމާއި ބ...

ހުޅުމާލެ ފޭސް 1 ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަނީ
Raajje

ހުޅުމާލެ ފޭސް 1 ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަނީ

މާލޭ ސީޓީގެ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭންގައި މިއަދު ހުޅުމާލެ ފޭސް 1 އަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި […]

ގޯތި ލިބުމުނު މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރަން ފަށައިފި
Raajje

ގޯތި ލިބުމުނު މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުމުނު މީހުންގެ ތެރެއިން މިހާތަނަށް ބިމާއި ރަޖިސްޓަރީ ހަވާލު ނުކުރެވި ތިބި މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ އިތުރުން ބިން ޙަވާލުކުރުމުގެ...