Skip to main content
Topic Archive

#ބޯހިޔާވަހިކަން

133 Stories filed
ގޯތި/ފްލެޓް ލިބޭކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވިގޮތަށް އެތަންތަން ހަވާލުކުރާނަން: ރައީސް
Raajje

ގޯތި/ފްލެޓް ލިބޭކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވިގޮތަށް އެތަންތަން ހަވާލުކުރާނަން: ރައީސް

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނުކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ގޯއްޗާއި ފްލެޓްގެ ޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައިވ...

މިފެށެނީ ރަށްވެހިކަމުގެ އާ ޒަމާނެއް، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް
Raajje

މިފެށެނީ ރަށްވެހިކަމުގެ އާ ޒަމާނެއް، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް

މިފެށެނީ ދިވެހިންގެ ރަށްވެހިކަމުގެ އާ ޒަމާނެއް ކަމަށާއި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް މި ފަސް އަހަރުތެރޭ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ހަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުންނަށްޓަކައި ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުއެއް ވެރިކަމުގެ ފުރަތަމަ 14 ހަފުތާ...

ގުޅިފަޅުން އިތުރު 85 ހެކްޓަރު، ގިރާވަރުން 50 ހެކްޓަރު ހިއްކަނީ
Raajje

ގުޅިފަޅުން އިތުރު 85 ހެކްޓަރު، ގިރާވަރުން 50 ހެކްޓަރު ހިއްކަނީ

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކ. ގުޅީފަޅުން އިތުރު 85 ހެކްޓަރާއި ގިރާވަރުފަޅުން 50 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ. “ރަސްމާލެ” ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގެދޮރުވެރިކަމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގ...

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު "ރަސްމާލެ" ރައީސް އިފްތިތާހުކޮށް ދެއްވައިފި
Raajje

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު "ރަސްމާލެ" ރައީސް އިފްތިތާހުކޮށް ދެއްވައިފި

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށް ދެއްވައިފިއެވެ. “ރަސްމާލެ” ބިންހިއްކުމުގެ މި މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށިދިއްގަރު ފަޅުގައެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް “ރަސްމާލެ” ނަމުން ނަން […...

ފްލެޓް މައްސަލައިގައި މީހުން އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރަނީ
Raajje

ފްލެޓް މައްސަލައިގައި މީހުން އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ޝަރުތު ހަމަނުވާ ބަޔަކަށް ދިން ކަމަށް ބުނަމުންދާތީ މި މައްސަލައިގައި ކުރިއަށް ގެންދާ ތަހުގީގަށް މީހުން ހާޒިރުކޮށް ބަޔާން ނަގަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. އޭސީސީން ބުނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ލިބުމާ ގުޅިގެން ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ. […]

އެފްޑީސީ އިން ''އަމާން ދޯދި'' އެކްސްޕީރިއަންސް ޔުނިޓުތައް އިފްތިތާހުކޮށްފި
Business

އެފްޑީސީ އިން ''އަމާން ދޯދި'' އެކްސްޕީރިއަންސް ޔުނިޓުތައް އިފްތިތާހުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން “އަމާން ދޯދި” އެކްސްޕީރިއަންސް ޔުނިޓްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އިއްޔެ ހަވީރު އަމާން ދޯދި ޓަވަރު 16ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޔުނިޓުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. މި ރަސްމިއްޔާތުގައި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ޝާމް އާދަމްއާއި، އާބަންކޯގެ ރިއަލް އެސްޓޭޓް މެނޭޖްމެންޓް ޑިރެކްޓަރު ޝާޒިމް ސައީދުގެ އިތުރުން،...

ހުޅުމާލެ އިން ގޯތި ލިބުނު މީހުންގެ ބިން ފުށިދިއްގަރަށް ބަދަލުކުރާ ވާހަކަ ދޮގުކޮށްފި
Raajje

ހުޅުމާލެ އިން ގޯތި ލިބުނު މީހުންގެ ބިން ފުށިދިއްގަރަށް ބަދަލުކުރާ ވާހަކަ ދޮގުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކަން ފެށި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރަން ސަރުކާރުން މަޝްވަރާ ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އާބަންކޯ އިން ރޭ ދޮގުކޮށްފިއެވެ. “ރާއްޖެއެމްވީ” އިން ފެތުރި ހަބަރެއްގައި ބުނީ ހުޅުމާލެ ފޭސް ތިނަކުން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުުރުމަށް ނިންމައި އެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާގޮތަށް ޕްލޭން ކުރުމަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރު […]

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްފި
Raajje

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްފި

ޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތަ ކުޑަކޮށް، އެތަންތަނުގެ ކުލި ކުޑަކޮށްދޭން ސަރުކާރުން މިއަދު ނިންމައިފިއެވެ. މިކަން ޢިއުލާން ކުރެއްވީ މިއަދު އިރުއޮއްސެނިކޮށް ރައީސް އޮފީހުގައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މިހާރު މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ކުޑަކޮށްދެއްވުމަށް އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ކަމަށެވެ. އެ ވަޢުދާއިއެއްގޮތައް ވިނަ...

ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 3984ރ. އަށް ކުޑަކޮށްފި
Raajje

ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 3984ރ. އަށް ކުޑަކޮށްފި

ހުޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ހިޔާ ފްލެޓްތަކުގެ ކުލި ކުރިއަށް އޮތް ހަތް އަހަރަށް މަހަކު 3984 ރުފިޔާއަށް ކުޑަކޮށްފިއެވެ. މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިސިންއަށް ދިޔަ ޚަރަދުގެ ތެެރެއިން އެވްރެޖް އަގަކަށް 2 ލައްކަ ރުފިޔާ ކަނޑައަޅައި، ފްލެޓްތައް ލިބުނު ފަރާތްތަކަށް ޑިސްކައުންޓް ލިބޭގޮތައް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އެހެންކަމުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އެކަމާމެދު...

ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކޮށްފި
Raajje

ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކޮށްފި

ރަށްރަށުގައި ސަރުކާރުން އަޅާފައި ހުރި ހައުސިން ޔުނިޓްތަކާއި، ފްލެޓްތަކުގެ ކުލި ކުޑަކޮށްފިއެވެ. މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން އަޅާފައިވާ ރޯ ހައުސްތަކާއި، ހައުސިން ޔުނިޓްތަކާއި ފްލެޓްތައްފަދަ އާންމު ބޯހިޔާވަހިކަމުގެ ތަންތަނަށް މަހަކު 5000 އެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. ”ރަށްރަށުގައި އަޅާފައި ހުރި ރޯހައުސްތަކާއި، ހައުސިން ޔުނިޓްތަކާއި ބޯހިޔާވ...

30 ދުވަސް ތެރޭގައި ފުށިދިއްގަރުފަޅު ހިއްކަންފަށައި، 8 މަސްދުވަހުގެ ތެރޭގައި ނިންމަނީ
Raajje

30 ދުވަސް ތެރޭގައި ފުށިދިއްގަރުފަޅު ހިއްކަންފަށައި، 8 މަސްދުވަހުގެ ތެރޭގައި ނިންމަނީ

އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށާއި، މި މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ކުރާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފ...

ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުން ލިސްޓް ނެރެފި
Raajje

ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުން ލިސްޓް ނެރެފި

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދުނު މީހުންގެ ލިސްޓް މިއަދު ޢާންމުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ބިންވެރިޔާ ސްކީމު ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމް ފޭސް 2 އަކަށް  ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯރމް ހެށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފޯރމް ހުށަހަޅުއްވާފައިވާ ފަރާތް ތަކުގެ...

ގޮތް ދޫކޮށް 4،000 ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލައިފި
Raajje

ގޮތް ދޫކޮށް 4،000 ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލައިފި

މި ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށްޓަކައި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމ...

ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި
Raajje

ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ “ގެދޮރުވެރިޔާ” މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިރޭ އަންގައިފިއެވެ. އޭސީސީން އެގޮތަށް އެންގި އިރު، ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު […]

ހަފުތާ 14: ރަށްރަށުގެ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން
Raajje

ހަފުތާ 14: ރަށްރަށުގެ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން

ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. މި ޕްލޭން އާންމުކުރެއްވީ މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްލޭންގައި މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 4 ހަފުތާގެ ތެރޭގައި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުނ...