ނާޒިމް ޖޭޕީން ވަކިވެ، ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ. ނާޒިމަކީ ނިމުނު ރިޔާސީ އިންތިޚާބުގައި ޤާސިމްގެ ކެމްޕޭން ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނާޒިމް ޖޭޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ އޯގަސްޓް މަހުގެ 3 ވަ...