މަޖިލީހުގެ އިންތިޚާބު މާރިޗް 17 ގައި
އަންނަ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ މާރިޗް 17 ގައި ބާއްވަން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާރިޗް 17 ގައި ބާއްވަން ނިންމާފައިވާ ކަަމަށެވެ. މީލާދީ ކަލަންޑަރު ބުނާގޮތުން މާރިޗް 17 ދިމާވަނީ ރޯދަމަހުގެ ތެރެއަށެވެ. އެ ކަލަންޑަރުގައިވާ ގޮތުން އީސީގެ މި ނިންމުމާއެކު މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ ރޯދަ މަހުގެ 7 ވަނަ ރޯދަ ދުވަހުއެވެ. […]