އެމްޑީޕީ ސަރުކާރުން ކަނޑުގެ ބައެއް ދޫކޮށްލީ ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނެއް ޚަރަދުކުރުމަށްފަހު: ރައީސް
މިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލީ ވަކީލުންނަށް ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުމަށްފަހުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީ އަށް ލިބިފައިވާތީ އެ ކާމިޔާބީ ފާހަގަކުރުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާދުރުނޫން މާޒީގައި ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށ...