މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންދާ ތައްޔާރީތައް ނައިބު ރައީސް ބައްލަވައި ލައްވައިފި
މާލޭ ސިޓީގައި ދެމުންދާ ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންގެންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ބައްލަވާލައްވައިފިއެވެ. މިގޮތުން މާލެ ސަރަޙައްދުގެ އާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ބަސް ދުއްވާ މަގުތަކުގައި ފަސިންޖަރުން އަރައި ފޭބުމަށް ޚާއްޞަ ކޮށްފައިވާ ބަސްހުއްޓިތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް ނައިބު ރައީސް ފައިޞަލް މިއަދު މެންދުރުފަހު ވަނީ، ޒިޔާރަތްކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ، ވެސްޓްޕާކް ސަރަޙަ...