Skip to main content
Topic Archive

#ރައީސް އޮފީސް

465 Stories filed
ނައިބު ރައީސްގެ ޝުކުރު ދީނީ ޢިލްމު ވެރިންނަށް
Raajje

ނައިބު ރައީސްގެ ޝުކުރު ދީނީ ޢިލްމު ވެރިންނަށް

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ. ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ރޭ ގައި ބައްދަލު ކުރަށްވާފައިއެވެ. މިބައްދަލު ކޮށްލެއްވުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިބައްދަލު ކޮށްލެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި،...

ކޯވިޑާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ޢަމަލު ކުރަށްވަން ނިންމަވާނެ ގޮތްތަކާއި މެދު ރައީސް މަޝްވަރާ ކުރަށްވައިފި
Raajje

ކޯވިޑާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ޢަމަލު ކުރަށްވަން ނިންމަވާނެ ގޮތްތަކާއި މެދު ރައީސް މަޝްވަރާ ކުރަށްވައިފި

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިޢުލާނު ކުރެވުނު ފުރަބަންދުގެ ޙާލަތަށް ދިން ލުއިތަކާއި ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ޢަމަލު ކުރެއްވުމަށް ނިންމަވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާ ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މިބައްދަލުވުން އޮތީ މިއަދު ހަވީރު ރައީސް އޮފީހުގައި ކަމަށެވެ. އަދި މިއަދު މި ބޭއްވެވި މި ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަ...

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ އިޙުތިފާލުތައް މި އަހަރު ނުބާއްވާނެ
Raajje

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ އިޙުތިފާލުތައް މި އަހަރު ނުބާއްވާނެ

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙުތިފާލުތައް މި އަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. ސަރުކާރުގެ މިނިންމެވުމާއި ގުޅިގެން، މިނިވަން ދުވަހާއި ގުޅިގެން ކުރިން އަހަރުތަކުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިނިންމެވުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މިއަދުގ...

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
Raajje

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިދިޔަ ޖޫން މަހުގެ 29 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކުރަށްވާ ފައިވާ ބިލެކެވެ. މި ޤާނޫނު ވުޖޫދުވުމާއި ގުޅިގެން ޤާނޫނަށް ގެނެސްފައިވާ އިޞްލާޙާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް […]

ފުރަބަންދުގައި ދެއްކެވި ސާބިތުކަމަށް ރައީސްގެ ޝުކުރު ފުލުހުންނަށް!
Raajje

ފުރަބަންދުގައި ދެއްކެވި ސާބިތުކަމަށް ރައީސްގެ ޝުކުރު ފުލުހުންނަށް!

ފުރަބަންދުގައި އާއިލާތަކާ ވަކިން ގައުމީ ހިދުމަތުގައި ފުލުހުން ދެއްކި ސާބިތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންނަށް ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ފުލުހުންނަށް ޝުކުރު އަދާ ކުރެއްވީ، އިއްޔެ ހަވީރު ދިވެހި ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށްޓަށް ޒިޔާރަތްކުރައްވައި، ފުލުހުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ. ފުލުހުންނާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ފެށުނީއްސުރެ ކޯވިޑް-19 އާ  ދެކޮޅަށް ފުލުހުން...

ނައިބު ރައީސްގެ ޝުކުރު ޕްރިންސިޕަލުންނަށް!
Raajje

ނައިބު ރައީސްގެ ޝުކުރު ޕްރިންސިޕަލުންނަށް!

ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ގެއްލިގެންދިޔަ ނުދިނުމަށް ކުރެއްވި އަގުހުރި މަސައްކަތްތަކަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޕްރިންސިޕަލުން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނައިބު ރައީސް ފައިޞަލް ނަސީމް ޝުކުރު އަދާކުރަށްވައިފިއެވެ. ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ހަވީރު ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، އަދި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާއިއެކު ބައްދަލުކުރައްވާފައެވެ. އ...

މި އަހަރުގެ ބަޖެޓު މުރާޖަޢާކުރަން މަޝްވަރާ ކޮށްފި
Raajje

މި އަހަރުގެ ބަޖެޓު މުރާޖަޢާކުރަން މަޝްވަރާ ކޮށްފި

ކޯވިޑް-19 އަށްފަހު މި އަހަރުގެ ބަޖެޓް އަލުން މުރާޖަޢާކޮށް އެކުލަވާލެއްވުމާއި 2021 ވަނަ އަހަރުގެ މެދުރާސްތާގެ ބަޖެޓާއި ބެހޭ މަޝްވަރާތައް މިއަދު ބޭއްވެވި ކެބިނެޓް ވަރކިންގ ސެޝަނުގައި ކުރިއަށް ގެންދަވައިފިއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ކޯވިޑް-19 އަށްފަހު ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލުތަކާއެކު މިއަހަރުގެ ބަޖެޓަށް ބަދަލު ގެންނެވުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާ ކަންތައްތަކުގެ މަޢުލޫމާތު، މިނިސްޓަރ އޮފް ފިނޭންސް އިބ...

ސަފީރުން ކަނޑަައެޅުމަށް ފޮނުވި ނަންތައް ކޮމެޓީއަށް
Raajje

ސަފީރުން ކަނޑަައެޅުމަށް ފޮނުވި ނަންތައް ކޮމެޓީއަށް

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސްއަށް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ. މިނަންތައް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވީ މިއަދު އޮތް މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ. މިމައްސަލައިގެ ދަށުން 5 ސަފީރެއް ކަނޑައެޅުމަށް ރައީސުލް ޖުމްހޫރިއްޔާވަނީ މަ...

ނިޒާމާއި ބެހޭގޮތުން ގޮތެއް ނިންމާކަމަށްވާނަމަ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުން ކައިރީ: ރައީސް
Raajje

ނިޒާމާއި ބެހޭގޮތުން ގޮތެއް ނިންމާކަމަށްވާނަމަ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުން ކައިރީ: ރައީސް

އެއްވެސް އިރެއްގައި ވެރިކަމުގެ ނިޒާމާއިމެދު ގޮތެއް ނިންމާކަމަށްވާނަމަ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުން ކައިރީގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އެ މަގާމުގައި ހުންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް ކަމަށާއި، އެމަނިކުފާނުގެ ...

ވީއައިއޭގައި ދުވާލަކު 1000 މީހުން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ޗައިނާއިން ހަމަޖައްސައިދެނީ
Raajje

ވީއައިއޭގައި ދުވާލަކު 1000 މީހުން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ޗައިނާއިން ހަމަޖައްސައިދެނީ

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއިއެކު ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދުވާލަކު 1000 މީހުން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަލުން ރާއްޖޭގެ ބޯޑަރ ހުޅުވާލާއިރު ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެކި ޤައުމުތަކުން އެ ޤައުމުތަކުން އެހެން ޤައުމުތަކަށް ދަތުރުކުރުމަށް...

އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައިފި
Raajje

އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައިފި

ާޤާނޫނު ނަންބަރު، 5/2020 ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020 ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި، އެ ބޯޑަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު 7 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހިނގާ ޖޫން މަހުގެ 2 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި އިދާރީ ދާއިރާތައް […]

ސަރުކާރު ބަންދު މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި
Raajje

ސަރުކާރު ބަންދު މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިން ނެރެފައިވާ އަމުރުގެ މުއްދަތު 28 މޭ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، 2020 މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވިކަން...

އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު ހާމަ ކޮށްފި
Raajje

އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު ހާމަ ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު، ރައީސް އޮފީހުން ހާމަ ކުރަށްވައިފިއެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަން ދިނުމަށް ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނަގު އަސަރު ކޮށްފައިވާ ފަރާތްތަކަށާއި، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ […]

އާންމު ހާލަތަށް ބަދަލުވުމަށް ޓާސްކްފޯހެއް އުފައްދަނީ
Raajje

އާންމު ހާލަތަށް ބަދަލުވުމަށް ޓާސްކްފޯހެއް އުފައްދަނީ

ކޯވިޑް-19 އިން އާންމު ޙާލަތަށް ރުޖޫޢަވުމަށާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތުން އަރައިގަތުމަށް ޤައުމީ ޓާސްކްފޯހެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާ އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކާއި، އަދި މިދަ...

ސަރުކާރު ބަންދު މުއްދަަތު އިތުރުކޮށްފި
Raajje

ސަރުކާރު ބަންދު މުއްދަަތު އިތުރުކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތު އިތުރު ކޮށްފިއެވެ. ރައީސް އޮފީހުން ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، 2020 މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ. ރައީސް އޮފީހުން ބުނެފައިވަނީ ކުރިއ...