''ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އިޙްތިރާމްކޮށް، ދޭންވީ ހިތްވަރުގެ މެސެޖުތައް''
ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ ގުޅިގެން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އޯގާތެރިކަމާއި ހިތްވަރު ދިނުމަށް ސިއްހަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީތެރިކަމާބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަފްސާނީ ދުޅަހެޔޮކަމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ޤަބޫލުކޮށް، އެ ދާއިރާއިން ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގ...