Skip to main content
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދޭނެ އީޖާދީ ވިސްނުމުގެ ކައުންސިލެއް: ޝިޔާމް
Thiladhunmathi News

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދޭނެ އީޖާދީ ވިސްނުމުގެ ކައުންސިލެއް: ޝިޔާމް

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ބިނާކުރުވަނިވި އަދި އީޖާދީ ވިސްނުމުގެ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް އިއްޔެ އެ ސިޓީއަށް ކުރެއްވި ޒިޔާރަތަށްފަހު ސޯޝަލް މީޑިއާގައި ކުރެ...

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަން ތައްޔާރު: އެޗްޑީސީ
Thiladhunmathi News

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަން ތައްޔާރު: އެޗްޑީސީ

ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެޗްޑީސީން މީސް މީޑިއާގައި ކުރި ކުރި ޕޯސްޓެއްގައި ބުނީ ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ކުޅުދުއްފުށީގައި ހައުސިން ޔުނިޓް މަޝްރޫއު ފަ...

ކޭއާރުއެޗު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ކޭއާރުއެޗު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށްޓަކައި އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އެމްޓީސީސީ ފަރާތުން ސޮއިކުރ...

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ވޭތުވި ފަސް އަހަރުގެ ބީލަންތަކުގެ ތަފްސީލް އާންމުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ވޭތުވި ފަސް އަހަރުގެ ބީލަންތަކުގެ ތަފްސީލް އާންމުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2021 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ އެންމެހާ ބީލަންތަކާއި ބެހޭ ތަފްޞީލު މަޢުލޫމާތުތައް އެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ. މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅުނު ގިނަ ހުށަހެޅުންތަކަކަށް ޖަވާބުދާރީވުމުގެ ގޮތުންނާއި، ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސައްކަތްތަކަކަށް ހެދުމަށް އެޅުނު ފިޔަވަޅެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ކައުންސިލުން ހާމަކ...

ކުޅުދުއްފުށި ސިޓީއަކީ އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހަދާނަން: އިއްބެ
Thiladhunmathi News

ކުޅުދުއްފުށި ސިޓީއަކީ އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހަދާނަން: އިއްބެ

ކުޅުދުއްފުށި ސިޓީއަށް އޭނާގެ ތަސައްވުރެއް އޮތްކަން ހާމަކުރައްވައި ކުޅުދުއްފުށީ ސިޓީއަކީ ވިޔަފާރިއަށް ހަމަހަމަ ފުރުސަތު އޮންނަ ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ، ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ލިއްބައިދެވޭ އަދި އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހެދުމަކީ އަމާޒެއްކަމަށް ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވާދަކުރައްވާ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިބްރާހ...

އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު
Thiladhunmathi News

އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު

ލާމަރުކަޒީ ނިޒާމު ބާރުވެރިކުރީ ތިމަންނާމެންނޭ ކިޔައިގެން އެމްޑީޕީން މިހާރު ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ހަގީގަތުގައި މިއަދު އެމްޑީޕީގައި ވެރިޔަކު ނެތް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ހަތެއް ނުވަތަ އަށް މީހުން މިހާރުވެސް އެ ޕާޓީން ކެމްޕެއިން ކުރާއިރު އެމްޑީޕީގެ ލީޑަރުން މިއަދު މަސައްކަތްކުރަމުން...

ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ކާނުތަކަށާއި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް އެ ސިޓީގެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ދުވަސްވަރު ރަށުތެރޭގައި މަދިރި ގިނަވެފައިވާތީ މަދިރި ކޮންޓްރޯލްކުރުމަށްޓަކައި މަދިރިބޭސް (އެބޭޓް) ހޯދާފައިވާ ކަމަށެވެ. މިގޮތުން ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު މަގުތަކުގެ ކާނުތަކަށާއި މަދިރި އުފެދޭނެ ކަމަށް ބެލެވޭ ތަންތަނަށް މިތަކެތި އެޅުމުގެ މަސައްކަތް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މ...

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފައިނޭންސިންގ ސްކީމްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފައިނޭންސިންގ ސްކީމްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށާއި، ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަޢާރަފްކޮށްފައިވާ ފައިނޭންސިންގ ސްކީމްގެ ދެވަނަ ބުރުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ހެނދުނު 10:00 ގައި ކުޅުދުއްފުށީ ސިޓީގެ އެން.އޯ.ސީ އިމާރާތުގެ ލަގޮނޑި މާލިމީ މާލަމުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި، ސްކީމް ކާމިޔާބު ކުރި ފަރާތްތަކާއިއެކު ކައުންސިލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މޭޔަރ...

ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައި އޮތް ކަހަނބެއް އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލައިފި
Thiladhunmathi News

ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައި އޮތް ކަހަނބެއް އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލައިފި

ކުޅުދުއްފުށި ސިޓީގެ މަށި ކުޅިއަށް ދޫކޮށްލާފައިވާ ކަހަނބެއް ރައްކާތެރިކަމާއެކު އޭގެ ގުދުރަތީ މާހައުލަށް މިއަދު އަނބުރާ ދޫކޮށްލައިފިއެވެ. މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މިގޮތަށް ދޫކޮށްލާފައިވަނީ ވެލާ ކަހަނބުގެ ބާވަތެއް ކަމަށްވާ ”Hawksbill Sea Turtle” އެއް ކަމަށެވެ. މި ކަހަނބަކީ ނެތިދިއުމުގެ ބިރު އޮތް، ރާއްޖޭގައި ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ދިރުމެކެވެ. މި ކަހަނބު ސަލާމަތްކޮށް ގުދުރަތީ މާހައުލަށް ދޫކޮށްލުމަށް ކުރެވުނު މަސައްކަތުގައި ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފަރާތުން ލިބުނ...

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''ބޮޑަވަކި އަތިރި'' ވަރަށް ޗާލު
Thiladhunmathi News

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''ބޮޑަވަކި އަތިރި'' ވަރަށް ޗާލު

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ)ގެ ފަރާތުން އެ ސިޓީގެ ”ބޮޑަވަކި އަތިރި” ރަސްމީކޮށް ހުޅުވާލައިފިއެވެ. ހޯމަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ބޮޑަވަކި އަތިރި ރަސްމީކޮށް ހުޅުވައިދީފައި ވަނީ ވެސް ކުޅުދުއްފުށި ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނެވެ. ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ސިޓީގެ ި ބޮޑަވަކި އަތިރީގައި ވަރަށް ޗާލު ބީޗު ހަޓުތަކެއް ހަދައިދީފައެވެ. އަދި އެތަނުގައި ޖޯލިތައް ވެސް...

ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް
Thiladhunmathi News

ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް

ކުށުން ރައްކާތެރިކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ކުޅުދުއްފުށި ސިޓީގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނިގޮތުގައި މިދިޔަ އާދީއްތަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ނެއިބަހުޑް އޮފިސަރުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރަމަޟާން މަހު ކުށްތަކުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، ފުލުހުންނާއި ރައްޔިތުންނާ ދެމ...

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި
Thiladhunmathi News

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ. މި މަހުގެ 7 ވަނަ ދުވަހު ބޭއްވި މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި، މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި...

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ސެންޓަރުގެ ޚިދުމަތް ވަނީ މިވަގުތައް މެދުކަނޑާލާފައެވެ. ”ދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތްތައް އަނބުރާ އިޔާދަ ކުރެވޭނެ ވާހަކަ ދަންނަވަން” ސިޓީ ކައުންސިލުން ބުނެފަވެއެވެ. ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ވޭސްޓްމެނޭޖްމެން...

މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް: އިއްބެ
Thiladhunmathi News

މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް: އިއްބެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް ކަމަށް އެ މަގާމަށް ވާދަކުރާ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ރޭ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ، އޭނާ އާއި ހަވާލުވެފައިވަނީ ބޮޑު އަމާނާތެއްކަމަށާއި، އެ އަމާނާތް އަމާން އައްސޭރިއަކަށް ވާސިލްކޮށްދިނުމަކީ އޭނާގެ އެންމެ މުހިންމު ވާޖިބު ކަމަ...

ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލްގައި އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ބޮޑު ދަތިކަމެއް ނެތް
Thiladhunmathi News

ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލްގައި އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ބޮޑު ދަތިކަމެއް ނެތް

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެ ސިޓީގެ ސަރުކާރު ތިން ސްކޫލަށް ޒިޔާރަތްކުރައްވައި، ސްކޫލްތަކުގެ ހާލަތު އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތުގައި މޭޔަރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި މިވަގުތު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ ސިޓީގެ ސަރުކާރު ތިން ސްކޫލުގައި މިއަހަރު ޖުމްލަ 2,717 ދަރިވަރުން ތައުލީމު...