Skip to main content
Topic Archive

#ހދ.ހަނިމާދޫ

445 Stories filed
ހަނިމާދޫން ދޫކުރާ ޓޫރިޒަމް ބިންތަކަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް
Thiladhunmathi News

ހަނިމާދޫން ދޫކުރާ ޓޫރިޒަމް ބިންތަކަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރިއަށް ދޫކުރާ ބިންތަކުގެ ތެރެއިން  10000 (ދިހަހާސް) އަކަފޫޓުގެ ހަތަރު ބިމަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ބިންތަކަށް ބިޑު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އިއްޔެ ހެނދުނު ހަނިމާދޫ ކައުންސިލުގެ މީޓިން ހޯލުގައި ބާއްވަން ތާވަލު ކޮށްފައި އޮތް ނަމަވެސް، މަޢުލޫމާތު ސާފުކުރަން ހާޟިރުވި ފަރާތްތައް އިތުރުވެ އެތަނުގައި އެ ބައްދަލުވުން ބޭއްވޭވަރު ނުވުމާއ...

ހަނިމާދޫ ޑްރައިވިން ޓްރެކް ނިންމަން ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ ޑްރައިވިން ޓްރެކް ނިންމަން ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމަށް ވާ ތައްޔާރީގެ ތެރޭގައި ހިމެނޭ އެ ރަށު ޑްރައިވިން ޓްރެކް އެޅުމުގެ މަސްއްކަތް ނިންމަން ހަވާލުކޮށްފިއެވެ. އެ ޓްރެކުގެ އަމަލީ މަސައްކަތް ނިންމަން ހަނިމާދޫ ކައުންސިލުން ވަނީ މިއަދު މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައެވެ. މި ޓްރެކް އަޅަން ކައުންސިލުން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ފެނަކަ އިމާރާތާއި ދެމެދުގައި އޮތް ހުސް ބިމުގައެވެ. ހަނިމާދޫގައި އަޅާ ޑްރައިވިން ޓްރެކާއި ގުޅޭގޮތުން މި...

ހަނިމާދޫ ކައުންސިލްގެ ރައީސް ރަސްމީ ދަތުރެއްގައި ޗައިނާއަށް
Thiladhunmathi News

ހަނިމާދޫ ކައުންސިލްގެ ރައީސް ރަސްމީ ދަތުރެއްގައި ޗައިނާއަށް

ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން ޗައިނާއަށް ވަޑައިގެންފިއެވެ. ފަނަރަ ދުވަހުގެ މި ދަތުރުފުޅުގައި ޗައިނާގެ ގިން މަންޒިލްތަކަކަށް ދަތުރުކޮށް ހަނިމާދޫގެ ތަރައްގީއާއި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ޗައިނާގެ ކުންފުނިތަކާއިއެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ސައްތާރުގެ އަރިހުގައި ހަނިމާދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަ ލީޝާ އަލީ އާމިރު ވެސް ބައިވެރި ވެލައްވައެވެ....

ހަނިމާދޫން ޓޫރިޒަމް ވިޔަފާރިއަށް 40 އަހަރަށް ބިން ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ހަނިމާދޫން ޓޫރިޒަމް ވިޔަފާރިއަށް 40 އަހަރަށް ބިން ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 40 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ރަށުގެ ޓޫރިޒަމް ޒޯނުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 10000 (ދިހަހާސް އަކަފޫޓް) ގެ 4 ބިން 40 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި، އަދި 5000 (ފަސްހާސް […]

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗު ފަށައިގެން ޒިގްޒެގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ […]

ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހަނިމާދޫ ބޮޑު މިސްކިތް އޭސީ ކުރުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހަނިމާދޫ ބޮޑު މިސްކިތް އޭސީ ކުރުމުގެ މަސައްކަތް ފަށައިފި

ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހަނިމާދޫ ބޮޑު މިސްކިތް “މަސްޖިދުލް މޫސާ އަލީ” ގައި އެއާކަންޑިޝަން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މިސްކިތުގައި އޭސީ ހަރުކުރުމަށް އިސްނަގާފައި ވަނީ އެ މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެ މުވައްޒަފުން އިސްނަގައި ހަނިމާދޫ ކައުންސިލާއި މަޝްވަރާކޮށް ހެޔޮއެދޭ ފަރާތްތަކަށް އެ މިސްކިތަށް އޭސީ ހަދިޔާ ކުރުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން މިހާރު ވަނީ 24000 ބީޓީޔޫގެ 18 އޭސީ ލިބިފައެވެ. އެ އޭސީތައް ހަރުކުރުމުގައި ވެސް މިސްކިތުގެ މުވައްޒަފުނ...

ހަނިމާދޫގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން ކައުންސިލުން ތައްޔާރުވަނީ
Thiladhunmathi News

ހަނިމާދޫގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން ކައުންސިލުން ތައްޔާރުވަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މި އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލުން ވިދާޅުވެފައި ވަނީ މި އަހަރުގެ ޢީދުގައި ހަނިމާދޫގައި ހިންގާނެ ހަރަކާތްތައް އެކަށައެޅުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ. ޢީދުގައި ހިންގާ ޕްރޮގްރާމްތަކުގައި ހިމަނާނެ ކުޅިވަރުތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޝްވަރާ ބޭނުންވާތީ އެ ކައުންސިލުން ވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި...

7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
Raajje

7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ހޮސްޕިޓަލްތައް އަޅަން ހަވާލުކޮށްފައި ވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ހޮސްޕިޓަލްތައް އަޅަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިއީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ 30 […]

ޒުވާން މަސްވެރިޔާގެ ލެންސުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު
Thiladhunmathi News

ޒުވާން މަސްވެރިޔާގެ ލެންސުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު

މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް […]

ހަނިމާދޫ އެއާޕޯޓް ހަދާ ސަރަހައްދުން ކައުންސިލް ހުއްދަނެތި ގަސް ބޭރުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި
Raajje

ހަނިމާދޫ އެއާޕޯޓް ހަދާ ސަރަހައްދުން ކައުންސިލް ހުއްދަނެތި ގަސް ބޭރުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެ ސަރަހައްދުން ނެގި ބައެއް ބޮޑެތިގަސްތައް ކައުންސިލުގެ ހުއްދަ ނުހޯދައި އެ ރަށުން ބޭރުކުރާ މައްސަލައެއް މިދިޔަ މާޗު މަހުގެ ފަހުކޮޅު ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ އެ ކައުންސިލުން ވަނީ އީޕީއޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. [...

ހަނިމާދޫ ސްކޭޓް ޕާކް މަސައްކަތް ބާރަށް ކުރިއަށް
Thiladhunmathi News

ހަނިމާދޫ ސްކޭޓް ޕާކް މަސައްކަތް ބާރަށް ކުރިއަށް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސްކޭޓް ޕާކެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މި ފަދަ ކުޅިވަރުތަކަށް ޔޫތު މިނިސްޓްރީގެ އެއްބާރުލުން ކުޑަކަން ފާހަގަކޮށް ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުޙައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ހަނިމާދޫ ސްކޫލްގެ ކުރިމައްޗަށް އޮންނަ ނިކަގަސް މަގުގެ ދެކުނު ފަރާތުގައި ހަނިމާދޫ ކައުންސިލުން ޚަރަދު ކޮށްގެން ސްކޭޓް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނިއިރު، އެތަނުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިން...

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި
Business

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ރަނގަޅު ފެންވަރަށް ތަރައްގީކޮށް ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 44,296.90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18,871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާ...

އިއްޔެ އާއި މިއަދު ވެސް އެންމެ ހޫނު ގަދައީ ހަނިމާދޫ އަށް!
Raajje

އިއްޔެ އާއި މިއަދު ވެސް އެންމެ ހޫނު ގަދައީ ހަނިމާދޫ އަށް!

މިއަދަކީ ވެސް ހޫނުގަދަ ދުވަހެއް ކަމުގައިވާތީ، ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ހާމަކޮށްފައިވާ ޑާޓާއިން ދައްކާގޮތުގައި ހަނިމާދޫގެ ހޫނުމިން 33.4 ގައި ހުރިއިރު، އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 43.9 ގައެވެ. އަދި ހުޅުލޭގައި ހޫނުމިން 32.5 ގައި ހުންނައިރު، އިހްސާސް ކުރެވޭ ހޫނުމިން 43.1 ގައި ކަމަށާއި ކައްދޫގައި ހޫނުމިން ހުންނާނީ 32.5 ގައި ކަމަށް ދައްކާއިރު، އިހްސާސް ކުރެވޭ ހޫނުމިން 42.3 ކަމަށް ވަނީ ބުނެފައެވެ. […]

ކެތިއަރާ މަސް ރޭހުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމަށް
Thiladhunmathi News

ކެތިއަރާ މަސް ރޭހުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމަށް

ހދ. ހަނިމާދޫ “ކެތިއަރާ މަސްރޭސް 2023” ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމުން ހޯދައިފިއެވެ. ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. ޢީދު ދުވަހު އަނެހެން ކެޓަގަރީގެ މަސްރޭސް ބާއްވާފައިވާއިރު އިއްޔެ ފިރިހެން ކެޓަގަރީގެ މަސް ރޭސް ވަނީ ބާއްވާފައެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން 118.4 ކިލޯ މަސް ބާނައިގެން ޓީމް ރަނޑުލަކި ހޯދިއިރު، ދެވަނަ ހޯދާފައި ވަނީ 93.5 ކިލޯ މަސް ބޭނި […]

ކެތިއަރާ މަސް ރޭހުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތައަށް
Thiladhunmathi News

ކެތިއަރާ މަސް ރޭހުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތައަށް

ހދ. ހަނިމާދޫ “ކެތިއަރާ މަސްރޭސް 2023” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތަ އިން ހޯދައިފިއެވެ. ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. އިއްޔެ އަނެހެން ކެޓަގަރީގެ މަސްރޭސް ބާއްވާފައިވާއިރު މިއަދު ފިރިހެން ކެޓަގަރީގެ މަސް ރޭސް އޮންނާނެއެވެ. އިއްޔެ ބޭއްވި އަންހެން ކެޓަގަރީ މަސްރޭސް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ “ޒުވާން މަސްވެރިޔާ” ގެ ނަމުން މަޝްހޫރުކަން ހޯދައި ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ބޮޑު […]