ހއ.އަތޮޅުގައި މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ
ހއ.އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގައި ފާހަގަ ކުރަން ނިންމާފައިވާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ރާވާ ހިންގައިދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކަށާއި އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށެވެ. މަސްވެރިކަމުގެ ދުވަސް އެ އަތޮޅުގައި ކުލަގަދަކޮށް ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއް...