Skip to main content
Topic Archive

#Haa Alif Utheemu

275 Stories filed
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ކާމިޔާބުކޮށްފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ކާމިޔާބުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ރޭ ކާމިޔާބުކޮށްފިއެވެ. މި މުބާރާތް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި ވާދަކުރީ މުބާރާތް ހޯސްޓްކުރާ ރަށް ކަމަށްވާ އުތީމެވެ. ރޭ 20:30 ގައި ފެށި މި މެޗުގެ ފުރިހަމަ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު […]

ތިލައުތުރު ފުޓްސަލް: ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އުތީމުގެ ޗެރިޓީ މެޗެއް މިރޭ، މުބާރާތް ފެށުން މާދަމާ
Thiladhunmathi News

ތިލައުތުރު ފުޓްސަލް: ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އުތީމުގެ ޗެރިޓީ މެޗެއް މިރޭ، މުބާރާތް ފެށުން މާދަމާ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފެށުމުގެ ކުރިން ޗެރިޓީ މެޗެއް ކުޅެން ނިންމައިފިއެވެ. މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތް ކުރިއަށް ދާނީ އުތީމުގައެވެ. މި މުބާރާތް ކުރިއަށް ދާނީ އުތީމު ރަސްމީ ބޯޅަދަނޑުގައި މި މުބާރާތަށް ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތް ފެށުމުގެ ކުރިން މިރޭކުޅޭ ޗެރިޓީ މެޗު ކުޅޭގައި ކުޅޭނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ އުތީމާއި، އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ […]

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި އިހަވަންދޫ އާއި އުތީމު
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި އިހަވަންދޫ އާއި އުތީމު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފެށުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ އާއި އުތީމު ބައްދަލުކުރާ މެޗުންނެވެ. މިއަހަރު ނަސްރުންގެ ދުވަހާއި ދިމާކޮށް ހއ އުތީމުގައި ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން އޭ ގްރޫޕްގައި ހިމެނެނީ އުތީމު، އިހަވަންދޫ، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. ގްރޫޕް ބީ ގައި ހިމެނެނީ ދިއްދޫ، މުރައ...

ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ. އުތީމުގައި ކުޅޭ މި މުބާރާތުގެ ގުރުއަތުލުން މިރޭ ކުރިއަށް ގެންގޮސްފައި ވަނީ އެކަަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވަނީ މި މުބާރާތުގެ އެއް މަގްސަދަކީ އެއްރަށް އަނެއް ރަށާއި ގުޅުން ބަދަހިކުރުންކަން ފާހަގަކުރަށްވައި، އެކަން ހާސިލްވަމުން އަންނަކަން ވަނީ...

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ ގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ. މުބާރާތުގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ މުބާރާތުގެ ފަހުގެ ތައްޔާރީތައް ކަމަށެވެ. މިގޮތުން އުތީމު މި މުބާރާތް ކުޅުމަށް […]

ތިލައުތުރު ފުޓްސަލް މުބާރާތުގެ ރަސްމީ ބުއިމަކަށް ''ފަލަސްތީނު ކޯލާ''
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ރަސްމީ ބުއިމަކަށް ''ފަލަސްތީނު ކޯލާ''

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ރަސްމީ ބުއިމަކަށް (އޮފިޝަލް ޑްރިންކަކަށް) ފަލަސްތީނު ކޯލާ ހަމަޖައްސައިފިއެވެ. މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ. މި މުބާރާތުގެ ރަސްމީ ބުއިމެއްގެ ގޮތުގައި ފަލަސްތީނު ކޯލާ ހަމަޖެހިގެންދިޔަކަން ޢިއުލާންކޮށް، މި މުބާރާތް ހޯސްޓްކުރާ ރަށް އުތީމުގެ ކައުންސިލުން ވަނީ މި ބުއިން ރާއްޖެއަށް މާކެޓުކޮށް ޑިސްޓްރިބިއުޓް ކުރާ އެމްއެޗްއާރު ޓްރޭޑި...

އުތީމުގައި ވެރިފަރާތް ނޭނގި ގިނަދުވަސްވެފައިވާ ދޯންޏެއް ވެރި ފަރާތް ހޯދަނީ
Raajje

އުތީމުގައި ވެރިފަރާތް ނޭނގި ގިނަދުވަސްވެފައިވާ ދޯންޏެއް ވެރި ފަރާތް ހޯދަނީ

ހއ. އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮތް ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް އުތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުތީމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮންނަ، ރަޖިސްޓްރީ ނަންބަރު : P2189B-01 05-K ދޯނީގެ މިލްކު ވެރިފަރާތް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން އެ ދޯނީގެ ވެރިފަރާތެއްވާނަމަ، 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު މެންދުރު 2 ޖެހުމުގެ ކުރިން އުތީމު ކައުންސިލް އިދާރާއަށް...

އުތީމު ''އޮނުހިޔާ'' ހުޅުވައިފި
Thiladhunmathi News

އުތީމު ''އޮނުހިޔާ'' ހުޅުވައިފި

އުތީމު އިސްރަށްވެހީންގެ މައިޒާން، ”އޮނުހިޔާ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މިތަން ހުޅުއްވައިދެއްވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް މިއަދު އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި...

ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން
Thiladhunmathi News

ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން

ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލި ޝަރަފް (ނ.ދ.ޝ.ޢ)ގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފިއެވެ. މި ޝަރަފްއާދަމްއަބުދުއްރަޙްމާނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އާދަމްއަބުދުއްރަޙްމާނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި މި ޝަރަފާއި ހަވާލުވެލެއްވީ އާދަމް އަބުދުއްރަޙްމާނެވެ. އާދަމް އަބުދުއްރަޙްމާނަކީ ހއ.އަތޮޅުވެރިކަމާއި، އަތޮޅުތެރޭ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަމާއ...

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި
Thiladhunmathi News

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް މިއަދު އަރުވައިފިއެވެ. މި ޝަރަފް އުތީމު ރައްޔިތުންނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އުތީމަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އުތީމުގެ ފަރާތުން އެ ޝަރަފްގެ އައްޑަނަ އާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މިޖަލްސާގައި އުތީމު ރައްޔިތުން އުތީމު ގަނޑުވަރު […]

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް
Raajje

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން އެރަށު ބަނދަރުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް އުތީމަށް ވަޑައިގެން ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ (އުތީމު ގޭޓު) އެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފ...

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް
Report

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް

ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ “ބާޒު” ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ. މ...

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް
Raajje

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި  އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑު...

ގައުމީ އިނާމުދިނުން އުތީމުގައި، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރު
Thiladhunmathi News

ގައުމީ އިނާމުދިނުން އުތީމުގައި، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރު

ސަރުކާރުން މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ފާހަގަކޮށް، އެ ރަށުގައި ގައުމީ ޖަލްސާ ބާއްވައި އެ ޖަލްސާގައި ގައުމީ އިނާމު ދިނުމަށް ނިންމާފައިވާއިރު، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރެވެ. ޖެހިޖެހިގެން ދެ އަހަރު އުތީމުގައި ރަސްމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާއިރު، ގައުމީ ދުވަހަށް އެ ރަށުގައި އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. ގައުމީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަ...

އުތީމު ފެނަކަ ބްރާންޗުގެ އަހަރީ ހަދިޔާއަކަށް ކައުންސިލުން އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްފި
Thiladhunmathi News

އުތީމު ފެނަކަ ބްރާންޗުގެ އަހަރީ ހަދިޔާއަކަށް ކައުންސިލުން އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްފި

ހއ. އުތީމު ފެނަކަ ބްރާންޗުގެ 2025 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އުތީމު ކައުންސިލުން ހަދިޔާކޮށްފައިވާ އެކްޓިވިޓީ ޔުނީފޯމު އެ ބްރާންޗާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން އުތީމު ކައުންސިލުން ވަނީ އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް އެކްޓިވިޓީ ޔުނީފޯމު ހަވާލުކޮށްފައެވެ. އުތީމު ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި މަސައްކަތަކީ އުތީމު ކައުންްސިލުގެ ފަރާތުން އުތީމު ފެނަކަ ބްރާންޗުގެ ހުރިހާ މުވައްޒަފުންނަށް އަހަރީ ދުވަސް...