މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާކުރުމުން މުޒާހަރާ ކުރަނީ
މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާކުރުމާ ގުޅިގެން މުޒާހަރާ ފަށައިފިއެވެ. މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) ކިޔަވައިނުދޭން އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމުމާ ގުޅިގެން، މަލިކު ރައްޔިތުން މިހާރު އިހުތިޖާޖީ މުޒާހަރާއެއް ކުރަމުންދާއިރު، މި މުޒާހަރާގައި ރައްޔިތުން ގޮވާލަނީ ކަރިކިއުލަމްގެ ތެރެއަށް އަލުން ދިވެހި ބަސް ހިމަނައިދިނުމަށެވެ. އިންޑިޔާގެ ތަޢުލީމީ ވުޒާރާއިން ނެރެފައިވާ އަމުރުގައި ވަނީ ލަކްޝަދީބުގެ ސްކޫލުތަކުގައި ބަސް ކިޔަވައިދިނުމުގެ...