Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ހުޅުމާލޭގެ އާ މާސްޓަރ ޕްލޭން އިފްތިތާޙުކޮށްފި
Cover Story · Feature Essay

ހުޅުމާލޭގެ އާ މާސްޓަރ ޕްލޭން އިފްތިތާޙުކޮށްފި

ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން މިއަދު ހެނދުނު އިފްތިތާޙުކޮށްފިއެވެ. ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އާ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށެވެ. މި ޕްލޭންގައި ގިނަ މުހިންމު ބަދަލުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އެއްފަސްކުރުން […]

Selected Essays & Island Profiles

ހުޅުމާލޭގެ އާ މާސްޓަރ ޕްލޭން އިފްތިތާޙުކޮށްފި
Raajje

ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
Raajje

ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ. މިދިޔަ މަހު ހިނގި އެ ހާދިސާއާ ގުޅިގެން ރައުދު މަ ހައްޔަރުކޮށް ބަންދުކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދު އިތުރު ކުރުމަށްފަހު ދޫކޮށްލުމަށްފަހު އަނެއްކާވެސް މިދިޔަ ހަފުތާގައި ރައުދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ […]

ފެމިލީ ކޯޓުގައި އިއްޔެ 60 ކައިވެނި، ވަރީގެ 10 މައްސަލަ ހުށަހެޅި
Raajje

ފެމިލީ ކޯޓުގައި އިއްޔެ 60 ކައިވެނި، ވަރީގެ 10 މައްސަލަ ހުށަހެޅި

ފެމިލީ ކޯޓުގައި އިއްޔެ 60 ކައިވެނިކޮށްދީފައިވާއިރު، ވަރިވާން އެދި 10 މައްސަލަ ހުށަހެޅިކަމަށް އެ ކޯޓުން ބުނެފިއެވެ. ފެމިލީ ކޯޓުގައި މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހުށަހެޅީ އިއްޔެއެވެ. އެހާ ގިނަ ބަޔަކު އެއް ދުވަހާ ކައިވެނި ކުރަން އިއްޔެ ހުށަހަޅާފައި ވަނީ އިއްޔެ އަކީ އަހަރުގެ އެންމެ ތާރީޚް 25-05-25 ކަމަށް ވުމުންނެވެ. ފެމިލީ ކޯޓުން ބުނިގޮތުގައި އިއްޔެ އަކީ މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހުށަހެޅި ދުވަހެވެ. އެ […]

ނިއުކާސަލްއާއި ޗެލްސީ ޗެމްޕިއަންސް ލީގަށް
Sports

ނިއުކާސަލްއާއި ޗެލްސީ ޗެމްޕިއަންސް ލީގަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީން ޗެމްޕިއަންސް ލީގުން ޖާގަ ހޯދިއިރު، ރޭ ކުޅުނު މެޗުން ބަލިވި ނަމަވެސް ނިއުކާސަލަށް ވެސް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިއްޖެއެވެ. ލީގުގައި ހަތަރު މެޗު އޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާއި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ރޭ މެޗަށް ފަހު ލިވަޕޫލަށް ލީގުގެ ޓްރޮފީ ހަވާލުކޮށްފައިވާއިރު، މިއީ ލިވަޕޫލުން ލީގު […]

ސްޕެޝަލް އެންވޯއިގެ މަގާމަށް ކުރީގެ ރައީސް ވަހީދު
Raajje

ސްޕެޝަލް އެންވޯއިގެ މަގާމަށް ކުރީގެ ރައީސް ވަހީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު ޢައްޔަނުކުރައްވައިފިއެވެ. ރައީސް ވަހީދު މި މަގާމަށް ޢައްޔަނުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ޑރ. ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހާައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ...

ފަހު މެޗުގައި ބާސާއިން ފަސޭހަކަމާއިއެކު ބިލްބާއޯ ބަލިކޮށްފި
Sports

ފަހު މެޗުގައި ބާސާއިން ފަސޭހަކަމާއިއެކު ބިލްބާއޯ ބަލިކޮށްފި

ސްޕެނިޝް ލީގުގެ ސީޒަންގެ ފަހު މެޗުގައި ޗެމްޕިއަން ބާސެލޯނާއިން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައިފިއެވެ. ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ބާސާއިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއިރު، އެ ދެގޯލުވެސް ޖަހައިދިނީ ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ ރޭ ޖެހި ދެ ގޯލާއިއެކު އޭނާ ބާސާއަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 101 އަށް އަރާފައެވެ. އޭނާ މި އަދަދަށް […]

އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް، މުދަލެއް ހުރިނަމަ މައްސަލަ އަލުން ހުށަހަޅަން ހުކުމްކޮށްފި
Raajje

އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް، މުދަލެއް ހުރިނަމަ މައްސަލަ އަލުން ހުށަހަޅަން ހުކުމްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެ މައްސަލާގައި ހިމެނޭ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ހުކުމަކުން ސާބިތުވެފައިވާ ދަރަންޏަށް އެ ޙުކުމާއި އެއްގޮތަށް ފައިސާދައްކާފައި ނުވާތީ، އެ ޙުކުން ތަންފީޒުކޮށްދިނުމަށް އެމްއެމްޕީއާރުސީން ހުށަހެޅި މައްސަލަ އަލުން ހުށަހެޅުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ. ލޯނެއްގެ ގޮތުގައި އެސްއޯއެފް އަށް ދޫކޮށްފައިވާ 10.7 މިލިއަން ޑޮލަރު ހޯދުމަށް އެމްއެމްޕީއާރުސީން އެ ކުން...

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (18)
Story

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (18)

ކުރީގެ އަދަދާއި ގުޅޭ: ” ވަރަށް އަވަހަށް އަންނައްޗޭ.” ކުޑަކޮށް ކޮރެލުމަށްފަހު، ހަސަންގެ ކޮނޑުގައި ހިފަހައްޓާލަމުން މަރިޔަމް ބުންޏެވެ. އެއާއެކު ބޯ ޖަހާލަމުން ހަސަން އަނެއްކާ ވެސް ފޮށި ނެގިއެވެ. އަދި ނުތަނަވަސް ވެފައި ހުރެ އޭނާ ނިކުމެއްޖެއެވެ. އޭރު ވެސް ޝަބްނަމް ހުރީ ލޯބިވެތި ގޮތަކަށް ހެވިފައި ބަލަހައްޓައިގެންނެވެ. ރޭގަނޑުގެ އަނދިރިކަމުގައި ކަނޑުގެ ލޮނުގަނޑު ކަފަމުން، ދޯނި ދަތުރު ކުރަމުން ދިޔައެވެ. ކަނު އަނދިރީގެ ތެރެއިން ހަމައެކަނި ފެންނަނީ މަތީގައި ވިދަވިދާ ހުރި ތަރިތަކާއި ހިމަ […]

މައިކްރޯސޮފްޓް ނޯޓްޕެޑްގައި އޭއައި އިން މިހާރު ލިޔުންތައް އުފެއްދޭ
International

މައިކްރޯސޮފްޓް ނޯޓްޕެޑްގައި އޭއައި އިން މިހާރު ލިޔުންތައް އުފެއްދޭ

މައިކްރޯސޮފްޓުން އެ ކުންފުނީގެ މަޝްހޫރު ނޯޓްޕެޑް އެޕްލިކޭޝަނަށް އައު އަޕްޑޭޓެއް ގެނެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލިޔުންތައް އުފެއްދޭ ފީޗަރެއް ތަޢާރަފުކޮށްފިއެވެ. މި އައު ފީޗަރާއެކު، މައިކްރޯސޮފްޓް 365 ނުވަތަ ކޮޕައިލެޓް ޕްރޯ ސަބްސްކްރިޕްޝަން އޮންނަ ފަރާތްތަކަށް، ބޭނުންވާ މަޢުލޫމާތު ދިނުމުން އެއާ އެއްގޮތަށް ލިޔުންތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އަޕްޑޭޓާއެކު، ލިޔުމެއް ފެށުމަށް އުނދަގޫވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އުފައްދާ ލިޔުންތަ...