ކަޒަކިސްތާނުން އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކޮށްފި
ކަޒަކިސްތާނުގައި އާންމު ތަންތަނުގައި މޫނު ނިވާކުރާ ހެދުން އެޅުން މަނާކުރާ ޤާނޫނު އެ ޤައުމުގެ ރައީސް ކަސިމް-ޖޮމާޓް ޓޮކައެވް ތަސްދީދުކުރަށްވާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ މެދު އޭޝިއާގެ ގިނަ ޤައުމުތަކުން އިސްލާމީ ހެދުމުގެ ބައެއް ބާވަތްތައް މަނާކުރުމުގެ ޓްރެންޑަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި “މޫނު ދެނެގަތުމަށް ހުރަސްއެޅޭ” ހެދުން އާންމު ތަންތަނުގައި އެޅުން މަނާކުރެވޭނެއެވެ. ނަމަވެސް ޞިއްޙީ ބޭނުންތަކަށާއި، މޫސުން ގޯސްވ...