ގެއެއްގެ ތިޖޫރީއެއް ފަޅާލައިގެން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރު
މާލޭގެ މައްޗަންގޯޅި ސަރަހައްދުގެ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ، ތިޖޫރީއެއް ވަގަށް ނެގުމުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް މިއަދު ހެނދުނު ފުލުހުން ވަނީ ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް ވަނީ އަނބުރާ ހޯދިފައެވެ. ފުލުހުންގެ ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސ...