ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރަން ޖެހޭ، މިހާރު އެންމެ ނާޒުކު ޤައުމުތައްވަނީ ބާކީ: ނައިބު ރައީސް
ދުނިޔޭގެ މާލީ ނިޒާމަކީ އެންމެ ނާޒުކު ޤައުމުތައް ބާކީކުރާ ނިޒާމެއްކަމަށް ފާހަގަކުރައްވައި، މި ނިޒާމު އިޞްލާޙުކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ދެއްވި ޕްލެނަރީ ބަޔާނުގައި ނައިބު ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސެވީލް ކޮމި...