އަޒަރުބައިޖާނުގެ ސްކޫލުތަކުގައި ބުރުގާ މަނާކުރުމުން އާންމުންގެ ރުޅިގަދަވެއްޖެ
އަޒަރުބައިޖާނުގެ ސަރުކާރު ސްކޫލުތަކުގައި ސެކިއުލާ ހެދުމުގެ ހަރުކަށި ގަވާއިދެއް ތަންފީޒުކޮށް، ދަރިވަރުން ބުރުގާ އެޅުން އަމަލީ ގޮތުން މަނާކުރުމާ ގުޅިގެން އެ ގައުމުގެ އާންމުންނާއި ދީނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، އިހުތިޖާޖުތައް ފެށިއްޖެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ސަރުކާރު ސްކޫލުތަކުގެ ދަރިވަރުން ވަކި ހާއްސަ ޔުނީފޯމެއް އެޅުން ލާޒިމުކޮށް، އާންމު ތައުލީމުގައި ސެކިއުލަރިޒަމްގެ އުސޫލުތަކާ ހިލާފުވާ ހެދުން އެޅ...