ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފި
ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމް ވަނީ ބާއްވާފައެވެ. ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުން ކަމަށްވާއިރު، މި ޕްރޮގްރާމަކީ ޑޮކްޓަރުކަމުގެ ދާއިރާއިން ތަމްރީނު ހޯދުމަށް ކޮންމެހެން ބޭނުންވާ މުހިންމު ޕްރޮގްރާމެކެވެ. މާލެ ސަރަހައްދުގައި މިހާރު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ހިންގަ...