ހާފިޒުންގެ އެލަވަންސް ބޮޑުކޮށް، ޖަމާކުރަން ފަށައިފި
ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށް ދެމުން އަންނަ އެލަވަސް ބޮޑުކޮށް، ޖަމާކުރަން ފަށައިފިއެވެ. ކުރިން ހާފިޒުންނަށް ސަރުކާރުން ދެމުން އައީ 2000 ރުފިޔާގެ އެލަވަންސްއެކެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 4000 ރުފިޔާއަށް ބަދަލުކޮށްފައެވެ. ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގައި މަޝަވަރާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައި، އެކަން އިއުލާން ކުރައްވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު...