ޔަހޫދީން އަޤްޞާ މިސްކިތުގެ ހުރުމަތްކެނޑުން ދިވެހި ސަރުކާރުން ކޮށްވެރިކޮށްފި
އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް އިޒްރޭލުގެ ޤައުމީ ސަލާމަތާބެހޭ ޖައްބާރު ވަޒީރު އިތަމާރް ބެން ގަވީރް އާއި އެހެން ޔަހޫދީންތަކެއް ވަދެ، އެ މާތް މިސްކިތުގެ ހުރުމަތް ކެނޑުމާ ގުޅިގެން ދިވެހި ސަރުކާރުން އެ ޢަމަލު ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަ...